ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
ބްރޯޑްކާސްޓަރުން ކުރަންވީ ކަމަކީ އިސްލާމީ އޮނިގަނޑަށް ފެތޭ ޕްރޮގްރާމް ގެނެސްދިނުން: ރައީސް
ކޮންމެ ބްރޯޑްކާސްޓަރެއްގެވެސް އަޒުމަކަށް ވާން ވާނީ، އިސްލާމީ އޮނިގަނޑަށް ފެތޭ، ދިވެހިވަންތަ، މަންފާހުރި މައުލޫމާތާއި ޕްރޮގްރާމްތައް އުފައްދައި ގެނެސްދިނުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފަހަގަކުރާ ރާއްޖޭގެ ބްރޯޑްކާސްޓިން ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.

ޕޯސްޓްގައި ރައީސް ވަނީ ބްރޯޑްކާސްޓް ކުރުމުގައި ކުރެވޭ ހުރިހާ ކަންކަމަކީވެސް ވަރަށް ހީވާގިކަމާއި ޒިންމާދާރުކަމާއެކު ދޭން ޖެހޭ ހިދުމަތެއް ކަމަށް ވިދާޅުވެފަ އެވެ.

"ހަބަރާއި މައުލޫމާތާއި މުނިފޫހިފިލުވުން ހިމެނިގެން، ބްރޯޑްކާސްޓް ކުރުމުގައި ކުރެވޭ ހުރިހާ ކަންކަމަކީވެސް ވަރަށް ހީވާގިކަމާއި ޒިންމާދާރުކަމާއެކު ދޭން ޖެހޭ ހިދުމަތެއް. ކޮންމެ ބްރޯޑްކާސްޓަރެއްގެވެސް އަޒުމަކަށް ވާން ވާނީ، އިސްލާމީ އޮނިގަނޑަށް ފެތޭ، ދިވެހިވަންތަ، މަންފާހުރި މައުލޫމާތާއި ޕްރޮގްރާމްތައް އުފައްދައި ގެނެސްދިނުން. ގައުމަށް ރީތި ނަން ހޯދައިދިނުމުގެ މުހިއްމު ބައިވެރިޔަކަށްވުން،" ރައީސް ވިދާޅުވި އެވެ.


ރައީސްގެ ޕޯސްޓްގައި ވަނީ ގައުމީ ބްރޯޑްކާސްޓިން ދުވަހުގެ ތަހުނިޔާ ދާއިރާގެ ހުރިހާ ހިދުމަތްތެރީންނަށް އަރިސްކުރައްވާފަ އެވެ.

ގައުމީ ފެންވަރެއްގައި ބްރޯޑްކާސްޓިން ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ގައުމު ބިނާކުރުމާއި، ޑިމޮކްރެސީ އާލާކުރުމާއި، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މައުލޫމާތު މުއްސަނދިކުރުމުގައި ބްރޯޑްކާސްޓަރުން އަދާކުރާ މުހިންމު ދައުރުގެ އަގު ވަޒަންކޮށް، އެ ސިނާއަތުގެ ތަރައްގީއަށް މަގުފަހިކުރުމެވެ.

ރާއްޖޭގައި ރަސްމީކޮށް ބްރޯޑްކާސްޓިންގެ ހިދުމަތް ފެށިގެން އައީ ރޭޑިއޯގެ ހިދުމަތާއެކު އެވެ. އެއީ މީގެ 63 އަހަރު ކުރިން 29 ޑިސެމްބަރު 1962 ގައެވެ. ބްރޯޑްކާސްޓިންގެ ތެރެއިން ޓީވީގެ ހިދުމަތް ފެށީ 29 މާޗް 1978 ގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް