ads
ހާޓްއެޓޭކެއް ޖެހި، ހާލު ސީރިއަސްވެފައި ވަނީ އެމްޑީޕީ ހުޅުމާލެ މެދުދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާން
ރޭ މުޒާހަރާގައި މީހަކަށް ހާޓް އެޓޭކެއް ޖެހި ފަރުވާ ދެނީ
އިދިކޮޅު އެމްޑީޕީން މާލޭގައި ރޭ ބޭއްވި މުޒާހަރާގައި ހުއްޓާ ހާޓްއެޓޭކެއް ޖެހުނު މީހަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އެބަދެ އެވެ.
Advertisement

ހާޓް އެޓޭކް ޖެހި ހާލު ސީރިއަސްވެ ފަރުވާ ދެމުންދަނީ އެމްޑީޕީ ހުޅުމާލެ މެދު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާން އަށެވެ.

އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި މުހައްމަދު ރަސްލާނަށް ހާޓް އެޓޭކް ޖެހުނީ ވަރަށް ކައިރިން ޕެޕާ ސްޕްރޭ ޖެހުމުންނެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޭގެ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުން ކުށްވެރި ކުރާ ކަމަށެވެ. އަދި ރަސްލާނަށް ހާޓްއެޓޭކް ޖެހުނީ އޭނާ ގަޔަށް ފުލުހުން ޕެޕާސްޕްރޭ ޖަހައި، ތޫނު އަޑު ފޮނުވާ އެލްއާރުއޭޑީ ހަތިޔާރު ބޭނުންކުރި ފަހުން ސިއްހީ ހާލަތު ގޯސްވެގެން ކަމަށް އިބޫ ތުހުމަތު ކުރެއްވި އެވެ.

ރައްޔިތުންގެ އަޑު ކަނޑުވާލަން މިގޮތަށް އަނިޔާވެރިވުމަކީ ސަރުކާރަކުން ގާނޫނަށް ތަބާނުވާކަމުގެ ހެއްކެއް ކަމަށް އިބޫ ވިދާޅުވި އެެވެ. އެމްޑީޕީން ބުނީ ރަސްލާނަށް ހާޓްއެޓޭކް ޖެހުނީ ވަރަށް ކައިރިން ޕެޕާ ފުލުހުން ސްޕްރޭ ޖެހުމުގެ ސަބަބުން ސިއްހީ ހާލަތު ގޯސްވެގެން ކަމަށެވެ.

ރޭގެ މުޒާހަރާގައި 8 މީހަކު ހައްުޔަރުކުރި އެވެ. އެމީހުންގެ ތެރެއިން ހަ މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ދީފަ އެވެ. 

އެމްޑީޕީން "ލޫޓުވައިފި" ގެ ނަމުގައި މާލޭގައި ބޭއްވި މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތް ދިފާއުކޮށް ދިވެހި ސަރުކާރުން ވަނީ ބަޔާނެއް ނެރެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް