ގއ.ވިލިނގިލީގައި ޕާސްޕޯޓްގެ ހިދުމަތް ފެށީ އެކަމަށްޓަކައި އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ވިލިނގިލީ ޕާސްޕޯޓްގެ ހިދުމަތް ފަށްޓަވައިދެއްވީ ގއ.އަތޮޅު ކައުންސިލްގެ ރައީސް އިބްރާހީމް ޝާހީން އެވެ.
މިރަސްމިއްޔާތުގައި މޯލްޑިވްސް އިމިގްރޭޝަންގެ ބޭފުޅުންނާއި، ގއ. އަތޮޅު ކައުންސިލްގެ މުވައްޒަފުންގެ އިތުރުން ވިލިނގިލީ ކައުންސިލްގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވި އެވެ.
ގއ. ވިލިނގިލީގައި މި ހިދުމަތް ރަސްމީކޮށް ފެށުމާއެކު އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓުތައް އެ ރަށުން ނެގޭނެކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ސަރުކާރުން ދަނީ އަތޮޅު ތެރޭގައި ޕާސްޕޯޓާއި އައިޑީކާދު ދޫކުރުމުގެ ހިދުމަތް ފެށުމަށް ވެސް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު ވެސް ބައެއް ރަށްރަށުގައި މި ހިދުމަތް މިފަހަކުން ފަށާފައިވާކަން ފާހަގަކޮށްލަން ޖެހެ އެވެ.