ފުލުހުން އިއްޔެ ބުނި ގޮތުގައި ހައްޔަރުކުރީ އުމުރުން 18 އަހަރުގެ އަންހެނަކާއި 19 އަހަރުގެ އަންހެނެއްގެ އިތުރުން 27 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެކެވެ. އެ އެންމެންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުންޏެެވެ.
ފުލުހުން ބުނީ، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެންމެންގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހާފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ ވީޑިއޯއެއްގައި ފެންނަނީ ހިޔާގެ 7 ވަނަ ޓަވަރު ކައިރީގައި ދެ ފިރިހެނަކު މާރާމާރީ ހިންގާ ތަނެވެ. އެ މީހުން ލައިގެން ތިބި ޓީޝާޓަށް ދަމައި ބާލުވައި ގައިގައި ތަޅާ މަންޒަރު ފެނެ އެވެ. އަދި އެ ތަނުގައި ތިބި ދެ އަންހެނަކު ވެސް އިސްތަށިގަނޑު ހިފައި އެކަކު އަނެކަކަށް އަނިޔާކުރި އެވެ.
ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.