މި މަހު 16އަށް ކުރިއަށް ގެންދާ މި ކެމްޕޭނަކީ އަސާސީ ހިތުގެ ފަރުވާ ފަސޭހަކަމާ އެކު ލިބޭނެ ގޮތް ހެދުމަށް، މާލީ ހުރަސްތައް ނައްތާލުމަށް ފަރުމާކޮށްފައިވާ ކެމްޕޭނެކެވެ.
މި ކެމްޕެއިނުގެ ދަށުން ޑޮކްޓަރަށް ދައްކަން ރަޖިސްޓަރީ ކުރަން ޖެހޭނީ ގޫގުލް ފޯމެއް މެދުވެރިކޮށްވެ. ރަޖިސްޓަރީ ކުރުމުން، ޓްރީޓޮޕްގެ ކޯލް ސެންޓަރުން އެޕޮއިންޓްމަންޓް ކަށަވަރު ކުރަން ބަލިމީހާ އަށް ގުޅާނެ އެވެ. މި ކެމްޕެއިނުގެ ދަށުން ޑޮކްޓަރަށް ދައްކަން https://forms.gle/SrwxSsf2FmdDzcU2A މި ލިންކުން ގޫގުލް ފޯމް ފުރޭނެ އެވެ.
ކެމްޕެއިންގެ ދަށުން އެންޖިއޯގްރަފީ ހިލޭ ހެދޭއިރު، އެހެނިހެން ހުރިހާ ޓެސްޓުތަކާއި ފަރުވާތަކަށް ހޮސްޕިޓަލުގެ އާންމު އުސޫލުން ފީ ނަގާނެ އެވެ.
ކެމްޕޭން ކުރިއަށް ގެންދާނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ހިތުގެ ބަލީގެ ކޮންސަލްޓަންޓުންގެ ބެލުމުގެ ދަށުން ނެވެ. އޭގެ ތެރޭގައި:
މި ކެމްޕެއިނުގެ ދަށުން، އެ ހޮސްޕިޓަލުގެ ހިތުގެ ބަލިތަކާ ގުޅޭ ޑޮކްޓަރަކަށް ދެއްކުމަށް ރަޖިސްޓަރީކުރާ ބަލިމީހުންނަށް ހިލޭ ޑޮކްޓަރަށް ދެއްކޭނެ އެވެ. އަދި ޑޮކްޓަރު ލަފާ ދީފި ނަމަ އެންޖިއޯގްރަފީ ޓެސްޓު ވެސް ހިލޭ ހެދޭނެ އެވެ.