ads
ގދ. ތިނަދޫގައި މިއަދު ހިނގި އެކްސިޑެންޓް.-
ކުޑަ ކުއްޖެއް ގައިގައި ސައިކަލުން ޖެހި ތިނަދޫގައި އެކްސިޓެންޑްވެއްޖެ
ގދ. ތިނަދޫގައި ކުއްލިއަކަށް މަގުމައްޗަށް ނުކުތް ކުޑަކުއްޖެއްގެ ގައިގައި، ލައިސަންސް ނެތް މީހަކު ދުއްވި ސައިކަލަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް އިއްޔެ ހިނގައިފި އެވެ.
Advertisement

މިކަމާއި ގުޅިގެން ފުލުހުން ބުނީ އިއްޔެ އިރުއޮއްސި 18:16 ހާއިރު ގދ.ތިނަދޫގައި ބާރު ސްޕީޓެއްގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި ކުޑަ ކުއްޖަކަށް އަނިޔާވެފައިވާ ކަމަށެވެ. 

މި އެކްސިޓެންޑު ހިނގާފައިވަނީ ތިނަދޫ ސިޓީގެ އާބާދީ ހިނގުމުން ހުޅަނގުން އިރަށް ބާރު ސްޕީޑެއްގައި ދުއްވާފަ ދިޔަ ސައިކަލެއް މަގު ހުރަސް ކުރި ކުޑަކުއްޖެއްގެ ގައިގާ ޖެހިގެން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. 

މި ހާދިސާގައި އަނިޔާވެފައި ވަނީ 6 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށް އެ އިދާރާއިން ބުނެ އެވެ. 

"މިހާރު ދަނީ މި ކުޑަ ކުއްޖާއަށް އަބްދު ސަމަދު މެމޯރިއަލް ހޮސްޕިޓަލް ގައި ފަރުވާ ދެމުން" ޕޮލިހުން ބުނި އެވެ.

ފުލުހުން އިތުރަށް ފާހަގަ ކުރި ގޮތުގައި މި މައްސަލަގައި ހިމެނޭ ސައިކަލު ދުއްވާފައިވަނީ އެ ކެޓެގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނެތް މީހެއްކަމަށެވެ. 

އިއްޔެ އިރުއޮއްސުނު ވަގުތު މި އެކްސިޓެންޑު ވުމުން އެ މީހާ ވަނީ މަޑު ނުކޮށް ގޮސްފައި އެވެ. މި މައްސަލަގައި ހިމެނޭ 21 އަހަރުގެ ދިވެހި ފިރިހެން މީހާ ވަނީ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް އެ އިދާރާއިން މައުލޫމާތުދެ އެވެ.

ފުލުހުން ފާހަގަ ކުރި ގޮތުގައި އެކްސިޓެންޓް ވި ސައިކަލު މިހާރު ވަނީ ޓޯ ކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި މައްސަލަ ދަނީ މިހާރު ތަހުގީގު ކުރަމުން ކަމުގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް