ads
ފުވައްމުލަކު އެއާޕޯޓު --
ފުވައްމުލަކު އެއާޕޯޓުގެ ފެންސު މަތިން އަރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި
ފުވައްމުލަކު އެއާޕޯޓު ފެންސު މަތިން އަރަން އުޅުނު ތިން މީހަކު ހައްޔަރުކޮށްފި އެވެ.
Advertisement

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބުނީ އާދިއްތަ ދުވަހުގެ ރޭ ފަތިހު 4:05 ހާއިރު ކަމަށެވެ.

އެ މައްސަލައިގައި ތިން މީހުން ހައްޔަރު ކުރީ އެއާޕޯޓުގެ ފެންސު މަތިން އެމީހުން އަރަން އުޅެނިކޮށް އެއާޕޯޓުގެ ސެކިއުރިޓީ ބަލަހައްޓާ މުވައްޒަފަކު އެމީހުން ހުއްޓުވަން މަސައްކަތް ކުރުމުން، އެ މީހާއަށް ހަމަލާދީ މާރާމާރީ ހިންގުމުން ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް