ގާސިމްގެ މަރާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނުން ސާބިތުކޮށްދިނީ ދިވެހި ފުލުހުންގެ ހިދުމަތް ކުރިއަރަމުންދާ މިންވަރު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

Advertisement
ގާސިމްގެ މަރާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނުން ސާބިތުކޮށްދިނީ ދިވެހި ފުލުހުންގެ ހިދުމަތް ކުރިއަރަމުންދާ މިންވަރު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޓެކްސީ ޑްރައިވަރު ގާސިމް ހަސަން ޓެކްސީ ތެރޭގައި އިންދައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި މީހަކު ހައްޔަރު ކޮށްފައިވާކަން ޕޮލިސް ކޮމިޝަނަރު ހާމަކުރެއްވުމާއި ގުޅިގެން ހޯމް މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އޮޕަރޭޝަނުން ސާބިތުކޮށްދިނީ ދިވެހި ފުލުހުންގެ ހިދުމަތް ކުރިއަރަމުންދާ މިންވަރު ކަމަ ށެވެ.
އަދި ވަކިން ހާއްސަކޮށް ފޮރިންސިކް އިންވެސްޓިގޭޝަނުގެ ދާއިރާގައި ފުލުހުންގެ ގާބިލްކަން ހުރި މިންވަރު ކަމަށް އެ ޓްވީޓުގައިވެ އެވެ.
އދ. މާމިގިއްޔަށް ނިސްބަތްވާ އުމުރުން 59 އަހަރުގެ ގާސިމް މަރާލާފައި އޮއްވާ ފެނުނީ މި މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ހުޅުމާލޭގެ ރީތިގަސް މަގުގަ އެވެ.
ގާސިމްގެ ހަށިގަނޑު ފެނުނުއިރު އޭނާގެ ކަރަށާއި ހަށިގަނޑުގެ އެހެން ބައެއް ގުނަވަންތަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވެ އެވެ. ގާސިމްގެ ހަށިގަނޑު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.