ޝަރީއަތް ދިގުލާތީ ކަމަށް ބުނެ ޕީޖީން ދޫކޮށްލި ދެ މައްސަލައަކީވެސް ހައިކޯޓު މަރުހަލާގައި އޮތް ދެ މައްސަލައެވެ. ދެ މައްސަލައަކީވެސް ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެވެ. އެއީ އަދި ތިމާގެ މީހުންގެ މައްސަލަތަކެވެ.
ދައުލަތުން އެދިގެން، ކުޑަކުދިންނާ ބެހުމުގެ ދެ މައްސަލައެއް ދޫކޮށްލިއިރު، މި ހަފުތާތެރޭގައި ސުޕްރީމް ކޯޓުންވަނީ އެ ކޯޓާ ހަމައަށް ދިޔަ، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމް ދަމަހައްޓާފައެވެ.