ads
އިސްލާމިކް ޔުނިވާސިޓީގެ ލީގަލް ކްލިނިކް ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -
އެކްރެޑިޓްކުރި ފުރަތަމަ ލީގަލް ކްލިނިކް އައިޔޫއެމްގައި ހުޅުވައިފި
ލައިސެންސިން ޓްރެއިނިން ޕްރޮގްރާމް ހިންގުމަށްޓަކައި އެކްރެޑިޓްކުރި ފުރަތަމަ ލީގަލް ކްލިނިކެއް އިސްލާމިކް ޔުނިވާސިޓީގައި ހުޅުވައިފި އެވެ.
Advertisement

މި ލީގަލް ކްލިނިކަކީ، އެ ކައުންސިލުން ހުއްދަ ދީގެން ދިވެހިރާއްޖޭގައި ހިންގޭ މިފަދަ އެންމެ ފުރަތަމަ ކްލިނިކްއެވެ.

ބާ ކައުންސިލުން ހުއްދަ ދީފައިވާ ރާއްޖޭގެ ހަމައެކަނި ކްލިނިކް ހުޅުވައިދެއްވީ އައިޔޫއެމްގައި މި ކްލިނިކް ވުޖޫދުކުރަން މީގެ ދެ އަހަރު ކުރިން އިސްކޮށް މަސައްކަތް ފެއްޓެވި، އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދެވެ.

މިއީ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމު އިތުރަށް ހަރުދަނާވެ އިތުރަށް އާލާވުމަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅަކަށް ވެގެން ދިއުމުގެ އިތުރުން ގާނޫނީ ފަންނުގެ ހުވާ ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ތަމްރީން ޕްރޮގްރާމް ފުރިހަމަކުރުމަށް މި ދާއިރާއިން ކިޔަވާފައިވާ ދަރިވަރުންނަށް ލިބިގެންދާނެ ފަހި ފުރުސަތެއް ކަމަށްވެސް އިސްލާމިކް ޔުނިވާސިޓީން ބުނެ އެވެ.

"އަދި މިއީ ގާނޫނީ ފަންނުގެ ހުވާ ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ތަމްރީން ޕްރޮގްރާމް ފުރިހަމަކުރުމަށް ގާނޫނީ ދާއިރާއިން ކިޔަވާފައިވާ ދަރިވަރުންނަށް ލިބިގެންދާނެ ފަހި ފުރުސަތެއް،" އައިޔޫއެމްއިން ބުންޏެވެ.

ގާނޫނީ ފަންނުގެ ދަރިވަރުންނަށް ޕްރޮގްރާމް ހިންގުމުގެ އިތުރުން ކްލިނިކުން އާންމުންނަށް ޕްރޮބޯނޯ އުސޫލުން ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އައިޔޫއެމްއިން ބުންޏެވެ. އެހެންކަމުން މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ހޯދަން ދަތިވެފައިވާ އާންމުންނަށް މިއީ ރަނުގެ ފުރުސަތަކަށް ވެގެންދާނެ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

މި ލީގަލް ކްލިނިކް ހިންގުމަށްޓަކައި އެޑްމިނިސްޓްރޭޓިވް ޑިރެކްޓަރެއްގެ ގޮތުގައި އައްޔަންކޮށްފައިވަނީ ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯ ގެ ލެކްޗަރާ އަދި ކުރީގެ އެސިސްޓަންޓް ޕްރޮސިކިއުޓާ ޖެނެރަލް އަލްއުސްތާޒް އާއިޝަތު ފަޒްނާ އަހުމަދު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް