މޯލްޑިވިއަނުން ބުނީ ފުވައްމުލަކާއި ގަމާއި ދެމެދު ކުރާ ދަތުރުތައް ފަށާނީ މިމަހުގެ 30 ވަނަ ދުވަހު ކަމަށާއި ގަމުން ފުވައްމުލަކަށް ދަތުރުތައް ފަށާނީ ނޮވެމްބަރު 1 އިން ފެށިގެން ކަމަށެވެ.
މި ދަތުރުތަކުގެ އެއްކޮޅު ޓިކެޓް ފެށޭ އަގަކީ 676 ރުފިޔާ އެވެ.
މީގެ ކުރިން ވެސް ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީ ކަމަށްވާ އައްޑު އާއި ފުވައްމުލަކާ ދެމެދު މޯލްޑިވިއަނުން ދަތުރުތަކެއް ބާއްވާފައިވެ އެވެ.