ads
ކުއްޖާ ވެއްޓުނު ވަޅު--
ވަޅަކަށް ވެއްޓި ކުޑަ ކުއްޖަކު މަރުވެއްޖެ
ގއ. ކަނޑުހުޅުދޫގައި ހަތަރު އަހަރުގެ ކުއްޖަކު ވަޅަކަށް ވެއްޓި މަރުވެއްޖެ އެވެ.

ފުލުހުން ބުނީ، މިއަދު 11:00 ހާއިރު ކަނޑުހުޅުދޫގައި ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ވަޅަކަށް ވެއްޓި މަރުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. 

އެގޮތުން އެރަށުގެ ހެލްތު ސެންޓަރަށް މި ކުއްޖާ ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ކަނޑުހުޅުދޫ ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް