ads
މި އަހަރުގެ މިހާތަނަށް ރަޝިއާގެ ދެ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް
މި އަހަރުގެ މިހާތަނަށް ރަޝިއާގެ ދެ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި އެވެ.
Advertisement

ރަޝިއާއަކީ މިވަގުތު ރާއްޖޭގެ 2 ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާއިން ވަނީ 203،737 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ 12.2 އިންސައްތަ ހިއްސާކުރަނީ ރަޝިއާ ފަތުރުވެރިންނެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ.

އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި 5 ގައުމު:

  • ޗައިނާ: 274،698 ފަތުރުވެރިން
  • ރަޝިއާ: 203،737 ފަތުރުވެރިން
  • އިނގިރޭސިވިލާތް: 146،805ފަތުރުވެރިން
  • ޖަރުމަނުވިލާތް: 117،406 ފަތުރުވެރިން
  • އިޓަލީވިލާތް: 113،719 ފަތުރުވެރިން

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 10 ޕަސެންޓް އިތުރުވެފަ އެވެ.

ފަތުރުވެރިކަމަށް މިވަގުތު ރާއްޖޭގައި 1،278 ތަނެއް ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި 174 ރިސޯޓާއި 925 ގެސްޓްހައުސް އާއި 163 ސަފާރީ އަދި 16 ހޮޓާ ހިމެނެ އެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ނިމުނުއިރު ފަތުރުވެރިކަމަށް 1،271 ތަނެއް ދިޔައީ ބޭނުންކުރަމުންނެވެ. އޭރު ހުރި އެނދުގެ އަދަދަކީ 63،248 އެވެ.

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 1.59 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ މީގެ ތެރެއިން އެއް މިލިއަން ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް