ads
ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން
ޕޮލިސް ކޮމިޝަނަރު އާއި ޕީޖީގެ މާލީ ބަޔާންވެސް ހާމަކުރަންޖެހޭ ބިލެއް
ޕޮލިސް ކޮމިޝަނަރު އާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއި އެހެނިހެން މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާން ހާމަކުރުން މަޖުބޫރުކުރާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފި އެވެ.
Advertisement

ޕޮލިސް ކޮމިޝަނަރު އާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއި އެހެނިހެން މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާން ހާމަކުރުން މަޖުބޫރުކުރާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފި އެވެ. އޮޑިޓް ގާނޫނަށް އިސްލާހު ގެނައުމަށް މި ބިލު މަޖިލީހަށް ހުށައެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބުރާހިމް (ކުޑޫ) އެވެ.

ކުޑޫ ހުށައެޅުއްވި މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ބައެއް އިސް މަގާމުތަކުގައި ތިބި ފަރާތްތަކުގެ މުދަލާއި ފައިސާގެ ތަފްސީލު ހާމަކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، ޖަވާބުދާރީ ކުރުވުމަށް ބާރުއެޅުން ކަމަށް ބިލުގައިވެ އެވެ. މި ބިލުގައި މާލީ ބަޔާން ހާމަކުރަންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މަގާމުތަކުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު އާއި ޕީޖީގެ އިތުރުން ޓްރާންސްޕޯޓު އޮތޯރިޓީގެ ވެރިޔާ އާއި ނޭޝަނަލް ޑްރަގް އެޖެންސީގެ ވެރިޔާ އަދި ގާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ މިނިވަން މުއައްސަސާތަކުގެ މެންބަރުން ފަދަ މަގާމުތައް ހިމެނެ އެވެ.

މި އިސްލާހުގައިވާ ގޮތުން، މިފަދަ މަގާމަކާ ހަވާލުވާތާ އެއް އަހަރު ފުރުމުން 90 ދުވަހުގެ ތެރޭގައި އެ ބޭފުޅެއްގެ މާލީ ބަޔާން ހުށައަޅަން ޖެހޭނެ އެވެ. އަދި ގާނޫނުގައިވާ ގޮތަށް އަމަލުނުކުރާ ފަރާތްތައް 5،000 ރުފިޔާއިން ޖޫރިމަނާ ކުރަންވެސް މި ބިލުގައި ހިމަނާފައިވެ އެވެ. މުސްތަގިއްލު މަގާމުތަކުގައި ތިބޭ ބޭފުޅުންގެ މާލީ ބަޔާން ހާމަކުރުމަށް ކުޑޫ ބިލެއް ހުށައަޅާފައިވާއިރު، ސަރުކާރުގެ މިނިސްޓަރުންގެ މާލީ ބަޔާން ހާމަކުރުމުގެ އުސޫލަށް ބަދަލުގެނައުމަށްވެސް އޭނާ ވަނީ މިދިޔަ ހަފުތާގައި އިސްލާހެއް ހުށައަޅުއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް