ads
ޓްރީޓޮޕް ހޮސްޕިޓަލް
މާލެ ނައިސް ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު، ޓްރީޓޮޕުން މުލީގައި ކޭމްޕެއް
ޓްރީޓޮޕް ހޮސްޕިޓަލުން މ. މުލީގައި ހާއްސަ ހެލްތު ކޭމްޕެއް ބާއްވަން ނިންމައިފި އެވެ.
Advertisement

ޓްރީޓޮޕް ހޮސްޕިޓަލުން މ. މުލީގައި ހާއްސަ ހެލްތު ކޭމްޕެއް ބާއްވަން ނިންމައިފި އެވެ. މި މަހުގެ 17 އަދި 18 ވަނަ ދުވަހު ބާއްވާ މި ކޭމްޕުގެ ސަބަބުން މުލި އަދި އެ އަތޮޅުގެ ކައިރި ރަށްރަށުގެ ރައްޔިތުންނަށް މާލެއަށް ދަތުރުނުކޮށް ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މިއީ އެ ހޮސްޕިޓަލުގެ އިޖުތިމާއީ ޒިންމާގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކަށް ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ސިލްސިލާ ކޭމްޕުތަކުގެ ތެރެއިން ހަތަރު ވަނަ ކޭމްޕެވެ.

މި ކޭމްޕުގައި ޓްރީޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު 7 ސްޕެޝަލިސްޓް ޑޮކްޓަރަކު ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކަރުންމަތީގެ ބަލިތަކުގެ ޑރ. ޗަންދްރަޝޭކަރް ރާވަލް، ކަށީގެ ބަލިތަކުގެ ޑރ. އަލީ މުޒްނީ އާއި ޑރ. މުހައްމަދު ހަބީބް، ކިޑްނީގެ ބަލިތަކުގެ ޑރ. ޖާޔާ ޕްރަކާޝް ނާދަން، އަދި ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ ޑރ. މެހްމެޓް އޮޑާ އެވެ. މީގެ އިތުރުން ހިތުގެ ބަލިތަކުގެ ޑރ. މޫސާ މަނިކް އިބުރާހިމް އާއި އަންހެނުންގެ ބަލިތަކުގެ ޑރ. މާރިޔާ ކްރިސްޓީނާ އަލްމޮންޓޭ ވެސް ހިދުމަތް ދެއްވާނެ އެވެ.

މި ހެލްތު ކޭމްޕުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 2 ގެ ކުރިން މުލީ ރީޖަނަލް ހޮސްޕިޓަލުގެ ނަންބަރު 6720605 އަށް ގުޅައިގެން ނަން ނޯޓްކުރުމަށް އެ ހޮސްޕިޓަލުން އެދެ އެވެ. ޓްރީޓޮޕް ހޮސްޕިޓަލުން މި ކޭމްޕް ކުރިއަށް ގެންދަނީ މުލީ ރީޖަނަލް ހޮސްޕިޓަލާއި އެރަށު ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެންނެވެ. މި ކޭމްޕުގެ ޓްރެވަލް ޕާޓްނަރަކީ ޓްރާންސް މޯލްޑިވިއަން (ޓީއެމްއޭ) އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް