މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އޮމަދުއަށް ކުރައްވަމުންދާ ދަތުރުފުޅުގައި ރައީސް ޑރ.މުހައްމަދު މުއިއްޒުއެވެ.
ބިންގާ އަޅުއްވައިދެއްވާ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުއެވެ. އަދި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު، ދާއިރަގެ މެންބަރު އަދި ކައުންސިލް މެންބަރުން ބައިވެރިވި އެވެ.
މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފަވަނީ މޯލްޑިވެސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީންނެވެ.
އޮމަދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ ބިންގާ އެޅުމުގެ ތެ
މި މަޝްރޫއުގެދަށުން 16 އެނދުގެ ކެޕޭސިޓީގެ އިމާރާތެއް ތަރައްގީކުރާނެއެވެ.
އަދި މި އިމާރާތުގައި ޓްރައިއޭޖް ސަރަޙައްދަކާއި، އައިސޮލޭޝަން ކޮޓަރިއަކާއި އަންހެނުންގެ ވޯޑަކާއި ކުޑަކުދިންގެ ވޯޑަކާއި ވިއްސާ ކޮޓަރިއަކާއި ޕްރައިވެޓް ކޮޓަރި އަދި ފަރުވާދޭ ކޮޓަރިތައް އިމާރާތް ކުރާނެ އެވެ.
މިއީ 27.2 މިލިއަން ރުފިޔާއަށް، 1 އަހަރުން މަސައްކަތް ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފަވާ މަސައްކަތެކެވެ.