ads
މީޑިއާ ކޮންޓްރޯލް ކުރާ ބިލާއި ދެކޮޅަށް ނޫސްވެރިން މުޒާހަރާކުރަނީ ފޮޓޯ: މިލްޒީރޯ ނިޝާން
މީޑިއާ ކޮމިޝަން: އިންތިހާބަކާ ނުލައި ކޮމިޝަނަށް މެމްބަރުން ހޮވިއްޖެ
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި ބްރޯޑްކާސްޓަރުންނާއި އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުން އިންތިހާބަކާނުލާ ހޮވިއްޖެެ އެވެ.
Advertisement

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންއަކީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކޮމިޝަނެކެވެ. މީޑިއާ ކޮމިޝަން އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެންބަރުންގެ މައްޗަށެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބަށް، މީޑިއާތަކުން ހަތަރު މެމްބަރުންނަށް ހުޅުވާލުމުން ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އެއް ކެންޑިޑޭޓަކު ނަން އަނބުރާ ގެންދިއުމުން، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުންގެ މަގާމަށް ޝަރުތު ހަމަވެފައިވަނީ އިންތިހާބު ކުރަންޖެހޭ އަދަދަށް ކަމަށެވެ. އެއީ ދެ ކެންޑިޑޭޓުންނެވެ.

އޭގެ އިތުރުން އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން ވެސް އެ ދާއިރާއިން ކުރިމަތިލާފައިވަނީ އިންތިހާބު ކުރަންޖެހޭ އަދަދަށް ޝަރުތު ހަމަވާ ދެ ކެންޑިޑޭޓުންނެވެ.

އަދި އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ހަމަވިއިރު، އެ މަޤާމަށް ވެސް ކުރިމަތިލާފައިވަނީ އިންތިހާބު ކުރަންޖެހޭ އަދަދަށް ޝަރުތުހަމަވާ ދެ ކެންޑިޑޭޓުންނެވެ. އަދި މި ފަރާތްތައް އިންތިހާބުވެފައިވާކަން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމަށް އިންތިހާބުވެފައިވަނީ

  • ސިމާހާ ނަސީމް/ ވެލީގެ / ގދ. ރަތަފަންދޫ
  • ހުސައިން ސަގީފް/ ހިސާން / ހދ. ވައިކަރަދޫ

ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމަށް އިންތިހާބު ވެފައިވާ މީހުން

  • އަބްދުލްއަޒީޒް އިބްރާހީމް/ މޫނިމާގެ / ށ. ފޭދޫ
  • ޒަމްއަތު އަހުމަދު ވަހީދު/ މަލަ / ގދ. ތިނަދޫ

ސިމާހާއަކީ އޮންލައިން މީޑިއާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ނޫސްވެރިއެކެވެ. އަދި ސަގީފަކީ އެންމެ ފަހުން އުވާލި މީޑިއާ ކައުންސިލްގެ ރައީސެވެ.

ފުލްޓައިމްކޮށް މަސައްކަތްކުރަންޖެހޭ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އަދި ތިން މެމްބަރުން ހޮވާނެ އެވެ.

މީޑިއާ ކޮމިޝަނަށް ކުރިމަތިލާން ހުޅުވާލިއިރު އެ ގާނޫނު މަޖިލީހުން ފާސްކޮށް ތަސްދީގު ކުރީ ވެސް އެކަމާ ދެކޮޅަށް ނޫސްވެރިން އަޑުއުފުލަމުން ދަނިކޮށެވެ. ރާއްޖޭގެ ގިނަ މީޑިއާ ތަކެއް ތަމްސީލުކުރާ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) ވަނީ މި ގާނޫނަށް އަމަލު ނުކުރާނެ ކަމަށް ބުނެފަ އެވެ. އަދި މި ގާނޫނޫގެ ދަށުން ބާއްވާ އިންތިހާބު ވެސް ބޯއިކޮޓް ކުރާނެ ކަމަށް އެމްޖޭއޭ ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް