އެމްޑީޕީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ހުކުރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާއިން ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރުކުރި ހަ މީހުން ހަޅުތާލު ކުރަނީ ފަރުވާ ހޯދުމުގައި ތަފާތުކުރުމާއި ފަރުވާ ހޯދަން ހުރަސްއެޅުން އަދި ތަހުގީގު ލަސްވުމުން ކަމަށެވެ.
އެ މުޒާހަރާއިން ޖުމްލަ އަށް މީހަކު ހައްޔަރުކުރި އެވެ. އެ އެންމެންގެ ބަންދަށް ވަނީ 15 ދުވަސް ދީފަ އެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ހަމައެކަނި ބުނީ ފުލުހުންގެ ބަންދުގައި ތިބި ބަޔަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާތީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އެކަން މޮނިޓަކުރަމުން ގެންދާ ކަމަށާއި އަދި އެކަމުގެ މައުލޫމާތު ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ދީފައިވާނެ ކަމަށެވެ.