ads
ރައްޔިތުންގެ މަޖިލިސް
އޮޑިޓު ލަސްވީ ފެނަކައިން ބޮޑެތި މުއާމަލާތްތަކެއް ފޮރުވައިގެން ތިބުމުން
ފެނަކަ ކޯޕަރޭޝަންގެ ހާއްސަ އޮޑިޓުގެ މަސައްކަތް ލަސްވެގެން ދިޔައީ އެ ކުންފުނިން ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާގެ މުއާމަލާތްތަކެއް ސިސްޓަމަށް ނާޅާ ފޮރުވައިގެން ތިބުމުން ކަމަށް އޮޑިޓާ ޖެނެރަލް ހުސެން ނިޔާޒީ ވިދާޅުވެއްޖެ އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން ނިޔާޒީ ވިދާޅުވީ 2023 ވަނަ އަހަރު އޮޑިޓު ފެށިއިރު، ބޮޑު އަދަދެއްގެ ޕާޗޭސް އޯޑަރުތައް ރެކޯޑު ނުކޮށް ހުރުމަކީ އޮޑިޓުގެ މަސައްކަތަށް ކުރިމަތިވި ބޮޑު ހުރަހެއް ކަމަށެވެ.

ނިޔާޒީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރެކޯޑުތައް ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން ހާއްސަ އޮޑިޓަކަށް ބޭނުންވާ މައުލޫމާތު ހޯދުމަށްވެސް ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ. ފަހުން އާންމުކުރި ހާއްސަ އޮޑިޓު ރިޕޯޓުން ދައްކާ ގޮތުގައި، ފެނަކައިން ވަނީ ބީލަމުގެ އުސޫލުން ބޭރުން 1.37 ބިލިއަން ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކޮށް، އަދި ބާޒާރުގެ އަގަށްވުރެ 767 މިލިއަން ރުފިޔާ އިތުރަށް އިންޖީނުގެތައް އެޅުމަށް ހަރަދުކޮށްފަ އެވެ. މިއީ ކުންފުނީގެ މާލީ ހިންގުމުގައި ހުރި ބޮޑެތި މައްސަލަތައް ދޭހަކޮށްދޭ ކަންކަމެވެ.

އޮޑިޓާ ޖެނެރަލް ވިދާޅުވީ، މާލީ އޮޑިޓެއްގެ ނަތީޖާ ގޯސްވުމަކީ އެތަނެއްގެ  ކޮންޓްރޯލާއި ގަވަނަންސްގެ ނިޒާމު ވަރަށް ބޮޑަށް ދަށްކަން ދައްކައިދޭ ހެއްކެއް ކަމަށެވެ. އަދި ހިސާބުތައް ރަނގަޅަށް ބަލަހައްޓައި ޖަވާބުދާރީވުމަކީ، ބޭކާރު ހަރަދާއި ކޮރަޕްޝަން ހުއްޓުވުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް