ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ އިންވެސްޓްމަންޓް އެޑްވައިޒާ ލައިސެންސް ލިބިފައިވާ ޑީއައިޕީ އިން ހިންގައި މެނޭޖްކުރާ، އެ ފަންޑަކީ ސީއެމްޑީއޭއިން ރެގިއުލޭޓްކޮށް ލައިސަންސް ދީފައިވާ ޕްރައިވެޓް އިންވެސްޓްމަންޓް ފަންޑެކެވެ.
ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި އެ ފަންޑު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ކެޕިޓަލް މާކެޓާއި ވިޔަފާރީގެ ދާއިރާގައި ފާހަގަކޮށްލެވޭ ގިނަ ފަރާތްތަކުން ބައިވެރިވި އެވެ.
ދިވެހިރާއްޖޭގެ ފުރަތަމަ ޝޯޓް-ޑިއުރޭޝަން، އިންވެސްޓްމަންޓް ޕްލެޓްފޯމްގެ ގޮތުގައި، "ދިނަފް" އާއެކު ފުޅާވަމުންދާ ޕުރައިވެޓް ކެޕިޓަލް މާކެޓަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް އިން ވަނީ ބުނެފަ އެވެ.
"ދިނަފް" ލޯންޗުކުރުމަށް އޮތް ހަފްލާގައި އެކުންފުނީގެ ސީއީއޯ މުހައްމަދު ހުސެއިން މަނިކު ވިދާޅުވީ "ދިނަފް"އަކީ ރައްކާތެރި އިންވެސްޓްމަންޓު ފުރުސަތުތަކެއް އިންވެސްޓަރުންނަށް ހޯދާ ދިނުމަށް ލޯންޗުކުރި ފަންޑެއް ކަމަށެވެ.
ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް އަކީ ރާއްޖޭގެ ކެޕިޓަލް މާކެޓްގައި ފާހަގަކޮށްލެވޭ އިންވެސްޓްމަންޓް އެޑްވައިޒަރީ ކުންފުންޏެކެވެ.