ފުލުހުން ނެރުން ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހަފްތާގެ ތެރެގައި އެކަނި ވެސް ސްކޭމް ގެ 42 ކޭސް އެއް ރިޕޯޓް ކުރެވިފައިވާ ކަމަށެވެ.
މި ކޭސް ތަކުގައި ޖުމްލަ 318342.50 ރުފިޔާ ގެއްލިފައިވާ ކަމަށާއި އޭގެ ތެރެއިން 221243.33 ރުފިޔާ އަނބުރާ ހޯދިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ހާމަ ކުރި ގޮތުގައި މި ކޭސް ތަކުގައި އެންމެ ގިނައީ އީކޮމާސް ބޭނުންކޮށްގެން ހިންގާފައިވާ ސްކޭމް ކޭސްތައް ކަމުގަ އެވެ.
އެގޮތުން އީ ކޮމާސްގެ 19 ކޭސް ރިޕޯޓް ކުރެވިފައިވާ އިރު ކަރަންސީ އެކްސްޗޭންޖް އަދި ފިޝިންގް އަދި ޖޮބް ސޭކްމް ގެ ގޮތުގައި ޖުމްލަ 12 ކޭސް އަދި އިންޕާސަނޭޝަންގެ 7ކޭސްގެ އިތުރުން އެހެންނިހެން 7 ކޭސް ރިޕޯޓް ކުރެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ފާހަގަ ކުރި ގޮތުގައި މި ސްކޭމް އަދި ހިންގަން ބޭނުން ކޮށްފައިވަނީ ފޯން ކޯލް، އައިބޭ، އޮންލައިން މެސެޖިން މަންސަތައް، ޕިސިންގް ލިންކް އަދި ފޭސްބުކް މޭކެޓްޕްލޭސް ފަދަ މަންސަތައް ކަމުގައި އެވެ.
ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރައްވައެވެ. އަދި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށް ސްކޭމް ސެންޓަރުން ވިދާޅުވެއެވެ.
ސްކޭމަރުންނަށް ފައިސާ ހޯދުމުގައި ކާމިޔާބުވަނީ އެފަދަ މައްސަލަތަކުގައި ހަނުހުރުމުންކަމަށާއި އެފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެކަމެއްކަމަށްވެސް އެސެންޓަރުން ވިދާޅުވެއެވެ.
މަކަރާއި ހީލަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުމުން،ނުވަތަ ެއީމެއިލް ކުރުމުން އެހީތެރިކަން ލިބިގެންދާނެއެވެ.