ads
ސަރުކާރުގެ ޙާރަދުގައި ހައްޖަށް ގެންދާ މީހުންގެ ގުރުނަގަނީ - ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވާ 50 މީހުން ގުރުއަތުން ކަނޑައަޅައިފި
އަންނަ އަހަރު ސަރުކާރުގެ ޚަރަދުގައި ހައްޖަށް ގެންދާނެ 50 މީހުންގެ އިސްލާމިކް މިނިސްޓްރީން މިއަދު ހޮވައިފި އެވެ.
Advertisement

ކުރިއަށް އޮތް ފަސް އަހަރު ދުވަހު 1،000 މީހުން ދިވެހި ސަރުކާރުގެ ހަރަދުގައި ހިލޭ ހައްޖަށް ފޮނުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ. އެހެންވެ، ސަރުކާރުގެ ހަރަދުގައި ފަގީރުން ހިލޭ ހައްޖަށް ފޮނުވަން ފެށީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރު ވަނީ 50 މީހުން ފޮނުވައިފަ އެވެ.

މިއަހަރު ހައްޖަށް ފޮނުވާ 50 މީހުން ކަނޑައަޅަން މިއަދު ގުރުއަތު ނެގީ އިސްލާމީ މަރުކަޒުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މީހުން ހޮވާފައިވަނީ، ޒަކާތު ހައުސްގެ ފަގީރުންގެ ދަފުތަރުގައި ހިމެނޭ މީހުންގެ ތެރެއިން އެންމެ ފަހުން މުދަލު ޒަކާތް ލިބުނު 50 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންގެ މެދުގައި ނެގި ގުރުއަތެއްގަ އެވެ.

އެ ލިސްޓުގައި ހިމެނެނީ 267 މީހުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

ގުރުއަތު ނެގުމުގައި މިނިސްޓްރީން ބޭނުންކޮށްފައިވަނީ، އައިޑީ ކާޑު ނަންބަރު ކަމަށްވާއިރު، އެކަން ކޮށްފައިވަނީ އެންމެންނަށް ފެންނަ ގޮތަށް މިނިސްޓްރީގެ މުވައްޒަފުންނެވެ. މި ގުރުއަތުގައި ސަރުކާރުން ހައްޖަށް ގެންދާނެ 50 މީހުންގެ އިތުރަށް ޙާލަތެއް ދިމާވެގެން މީހަކު އުނިވެއްޖެނަމަ، ފުރުސަތުދޭނެ 25 މީހުން ވަނީ ހޮވާފަ އެވެ.

އެ މީހުންގެ ލިސްޓު މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރާނެ އެވެ.

ސަރުކާރުގެ ހަރަދުގައި ހައްޖަށް ގެންދާ މީހުންނަށް މާލެ އައުމުގެ ދަތުރުފަތުރުތަކުގެ ހަރަދާއި ހައްޖަށް ފުރަން މާލެ އައިސް ތިބޭ ތަނަށް ދައްކަންޖެހޭ ފައިސާ ވެސް ސަރުކާރުން ދައްކައިދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް