ads
އޮޅު ހިޔާއަށް އަށް ގެންގޮސްފައިވާ ބުޅާތަކެއް އެތަނުގައި
ކެޓްޝެލްޓާގެ ހާލަތު ދަށްވެފައި ހުރުން ބަލައެއް ނުގަނެވޭ: މޭޔަރު އާޒިމް
ސަރުކާރުން ހިންގަމުން އަންނަ ކެޓްޝެލްޓާގެ ހާލަތު ދަށްވެފައި ހުރުން ބަލައެއް ނުގަނެވޭ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
Advertisement

އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގައި އުޅޭ ބުޅާތަކުގެ ސަބަބުން އާއްމު ރައްޔިތުންނަށް ދިމާވަމުންދާ އުނދަގޫތައް ހައްލުކުރުމަށްޓަކައި، އަދި ބުޅާތައް ރައްކާތެރި މާހައުލެއްގައި ގެންގުޅުމަށް ޓަކައި، މާލެ ސިޓީ ކައުންސިލްގެ ފަރާތުން ކެޓް ޝެލްޓާއެއް ގާއިމުކޮށް އެ ތަނަށް މާލޭގައި އުޅޭ ބުޅާތައް ގެންދަން ފަށަން އޮތް ދުވަހު ސަރުކާރުން އެންގުމުން ކެޓްޝެލްޓާ ވަނީ ސަރުކާރާ ހަވާލުކޮށްފައި ކަމުގަ އެވެ. 

"ނަމަވެސް ކެޓްޝެލްޓާއަށް ގެންދިޔަ ބުޅާތަކަށް ރައްކާތެރި މާހައުލެއް އެތާގައި މިހާރު ނެތްކަމާއި އެ ތަނަށް ގެންދިޔަ ގިނަ އަދަދެއްގެ ބުޅާތައް މަރުވެފައިވާކަމަށް، ޖަނަވާރުތަކަށް ރައްކާތެރިކަން ހޯދައި ދިނުމަށް މަސައްކަތްކުރާ ގިނަ އަދަދެއްގެ ޖަމިއްޔާތަކުން ކެޓް ޝެލްޓާގެ ހާލަތު މޮނިޓާ ކުރުމަށް ފަހު ނެރުނު ރިޕޯޓް ފެނުމުން އަޅުގަނޑު ނުހަނު ކަންބޮޑުވަން" މޭޔަރު އާޒިމް ވިދާޅުވި އެވެ

ސަރުކާރުން، ކެޓްޝެލްޓަ އަތުލިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު، ކެޓް ޝެލްޓަރ ގެ ހާލަތު މިހައި ދެރަ ހާލަތަކަށްވެއްޓިފާ ހުރުމަކީ، އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މޭޔަރު އިތުރަށް ވިދާޅުވި އެވެ. 

ކެޓްޝެލްޓާގެ ހާލަތު ރަނގަޅުކޮށް މާލެތެރެއަށް ދޫވެފައިވާ ބުޅާތައް އެތަނައްގެންގޮސް އެ ތަން ހެދި ހަގީގީ މަގުސަދުތައް ހާސިލްކުރެވޭ ގޮތަށް، ކެޓް ޝެލްޓާގެ އެންމެހައި ކަންކަން އިންތިޒާމު ކޮށްދެއްވުންއެދި، ޖަނަވާރުތަކާއި ބެހޭ ވުޒާރާއާއި، ދައުލަތުގެ ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކަށް މޭޔަރު ވަނީ ގޮވާލައްވާފައި އެވެ.

މޭޔަރު މިހެން ވިދާޅުވެފައި ވަނީ ޖަނަވާރުން ހައްގުތަކުގައި ވަކާލާތުގެ އެތަށް ޖަމިއްޔާތަކެއް އެކުގައި އޮޅު ހިޔާގައި ހުރިކަންކަން ބަލާ ނެރެފައިވާ ރިޕޯޓުގައި އޮޅުހިޔާގެ ކަންކަން ހިނގަމުން އަންނަނީ ރަނގަޅަށް ނޫން ކަމަށް ބުނެފައިވާ ވަގުތެއްގައި އެވެ. 

އެ ރިޕޯޓުގައި ވާ ގޮތުން  20 ދުވަސްތެރޭގައި 84 ބުޅަލާއި 145 ބުޅާލާއި ދެމެދު ބުޅާ މަރުވެފައިވާ ކަމަށާއި އެ ފެސިލިޓީގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވެފައިވާ އިރު އެ ފެސިލިޓީގައި ހުރި ފަރުވާ އަކީ އެންމެ އެކަށީގެންވާ ފަރުވާ ނޫން ކަމުގަ އެވެ. 

މީގެ އިތުރުން އެ ފެސިލިޓީއަށް ގެނެވޭ ބުޅާތަކާއި ބެހޭ ރިކޯޑްތައް ރަނގަޅަށް ބެލެހެއްޓިފައިނުވާ ކަމަށާއި ސާފުތާހިރުކަމުންގެ މިންގަނޑުވެސް ވަރަށް ދަށް ކަމަށްވެސް އެ ރިޕޯޓްގައި ފާހަގަ ކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް