ads
ޕްރިންސިޕަލުންގެ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް މިއަދު ވާހަކަ ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް
ބޭނުމަކީ އިސްލާމްދީން އަދި ގައުމު ދެކެ ލޯބިވާ ދަރިވަރަކު އުފެއްދުން: މިނިސްޓަރު
ބޭނުމަކީ އިސްލާމްދީނާއި ގައުމު ދެކެ ލޯބިވާ ދަރިވަރަކު އުފެއްދުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު ފެށި ޕްރިންސިޕަލުންގެ ކޮންފެރެންސް ހުޅުވުމުގެ ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދިވެހި ރާއްޖޭގެ މުޅި މަންހަޖުގެ ފަލްސަފާ އަކީވެސް ހަމަ އެއީ ކަމަށެވެ. 

ރައީސް ޑރ. މުއިއްޒު ރާއްޖެ ތަރައްގީ ކުރުމުގެ ވާހަކަ ދައްކަވަމުން ދެއްކެވި އެންމެ މުހިންމު އެއްވާހަކައަކީ ސިކުނޑިތައް ތަރައްގީ ކުރުމުގެ ވާހަކަ ކަމަށާއި ކުއްޖާ ދިރިއުޅުމަށް ތައްޔާރު ކުރާ އިރު ވިސްނާ ފިކުރުކުރާ ކުއްޖެއް ބިނާ ކުރުމަށް ސްކޫލުތަކުން އަދި އިސްވެރިން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. 

"ވިސްނާ ފިކުުރުކުރާނެ ކުދިންތަކެއް އުފެއްދިގެން މި ގައުމު އުނގެނުމުގެ ތެރޭގައި ދެމި އޮންނާނީ. އެހެންނޫނީ ސްކޫލް ނިންމާފައި ނިކުމެ މާ ބޮޑު އުފެއްދުންތެރި އަދި އޮއްޓަރު ހުރި ކަމެއް ނުކުރެވި ޒުވާނުން ތިބެން ޖެހޭނީ." ޝަފީއު ވިދާޅުވި އެވެ

އެމަނިކުފާނު އިތުރަށް ވިދާޅުވީ މިހާރު ކަންކަން ކުރިޔަށްދާ ގޮތް ބަދަލުކޮށްގެން ނޫނީ މި ފަދަ ބަދަލެއް ފެނިގެން ނުދާނެ ކަމަށާއި މި ކޮންފެރެންސްގެ ބޭނުމަކީ ތައުލީމީ ދާއިރާގައި ބަދަލު ގެންނަން ޖެހޭ ކަންކަން ބަލާ އެކަންކަން ރަނގަޅު ކުރުމަށް ސަރުކާރުން ދޭން ޖެހޭ އެއްބާރުލުމެއް ދިނުން ކަމުގައި އެވެ.

your imageކޮންފެރެންސްގެ ތެރެއިން

މި ކޮންފެރެންސްގެ ކުރިން ޕްރިންސިޕަލުނާއި ޓީޗަރުން ބައްދަލުކޮށް ތައުލީމީ ސިޔާސަތުގައި ބަދަލު ގެންނަން ޖެހޭ ކަންކަމާއި މެދު ވާހަކަ ދެއްކުމަށް ފަހު އެ ކަންކަމަށް ގެނެވިދާނެ ރަނގަޅު ބަދަލުތައް ފަހަގަ ކޮށްފައިވާ ކަމަށާއި މި ކޮންފެރެންސްގެ ތެރެއިން އެކަންކަމާއި މެދު ވާހަކަ ދެކެވިގެންވެސް ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މި ކޮންފެރެންސް އަކީ ޓީޗަރުން މިހާ ފުޅާ ދާއިރާއެއްގައި ބައިވެރިކޮށްގެން ކުރިޔަށް ގެންދެވޭ ފުރަތަމަ ކޮންފެރެންސް ކަމަށާއި މި ކޮންފެރެންސްގެ ތެރެއިން ކިޔަވައިދިނުމުގައި ޓީޗަރުންނައް ދިމާވެފައިވާ ދަތިތަކާއި އެކަންކަން ހައްލު ކުރެވޭނެ ގޮތްވެސް ފާހަގަ ކުރެވިގެންދާނެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް