ads
ރިހާނާ އޭނާގެ އާއިލާއާއެކު
"މި އަހަރު އުފެއްދި އެންމެ މޮޅު އެއްޗަކީ އަންހެން ދަރިފުޅު"
މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ރިހާނާ އާއި އޭސާޕް ރޮކީގެ ތިންވަނަ ދަރިފުޅާ ގުޅޭގޮތުން ދެއްކި ވާހަކަތަކަކަށް ގިނަބައެއްގެރ ސަމާލުކަން ލިބިއްޖެއެވެ.
Advertisement

ކޮމްޕްލެކްސްއާ ވާހަކަ ދައްކަމުން، އޭސާޕް ރޮކީއާ "މި އަހަރު އުފެއްދި އެންމެ މޮޅު އެއްޗަކީ ކޮބައިތޯ" ސުވާލު ކުރުމުން އޭނާ ދީފައިވަނީ ވަރަށް މަޖާ ޖަވާބެކެވެ. 

އޭނާ ބުނީ މި އަހަރު އޭނާ އުފެއްދި އެންމެ މޮޅު އެއްޗަކީ އޭނާގެ އަންހެން ދަރިފުޅު ރޮކީ އައިރިޝް ކަމަށެވެ. "އަހަރެންގެ އަންހެން ދަރިފުޅު، އެއީ މި އަހަރު އަހަރެން އުފެއްދި އެންމެ މޮޅު އެތި. ރޮކީ އައިރިޝްއަށް ހާއްސަ ޝުކުރެއް،" އޭނާ ބުންޏެވެ.

ރިހާނާ އާއި އޭސާޕް ރޮކީއަށް ތިންވަނަ ދަރިފުޅު ލިބިފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. މި އުފާވެރި ހަބަރު ރިހާނާ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކޮށްފައެވެ. އޭނާ ވަނީ ޕިންކު ކުލައިގެ ހެދުމެއްގައި އޮތް ދަރިފުޅުގެ ފޮޓޯއަކާއި، "މަންމަ" މިހެން ޖަހާފައިވާ އަނގޮޓިއެއް އަޅައިގެން ހުރި ފޮޓޯއެއްވެސް ހިއްސާކޮށްފައެވެ. ރިހާނާ ވަނީ މި ޕޯސްޓުގައި އޭސާޕް ރޮކީ ޓެގްކޮށް، ދަރިފުޅުގެ ފުރިހަމަ ނަމާއި އުފަންވި ތާރީހު ހާމަކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް