އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ، ހާއްސަ ފެއާ ފެށީ ސަރަހައްދުގެ އެހެން މަންޒިލްތަކަށް ކުރާ ދަތުރުތައް ވަރުގަދަ ކުރުމުގެ ބޭނުމުގައި ކަމަށެވެ. އެގޮތުން ޓްރިވެންޓްރަމާއި ކޮޗިން އަށް އެއާބަސް އޭ320 ގައި ހާއްސަ ދަތުރުތަކެއް ކުރަން ރާވާފައިވަ ކަމަށް އެ އެއާލައިނުން ބުންޏެވެ.
މާލެ ޓްރިވެންޑްރަމް އަދި މާލެ ކޮޗިން ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ހޯމަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ.
ކޮޗިންއަށް ކުރާ ދަތުރުތަކުގެ އަގު 176 ޑޮލަރަށް ފެށޭއިރު ޓްރިވެންޑްރަމް ދަތުރުތަކުގެ ޓިކެޓް އަގު ފެށެނީ 232 ޑޮލަށަށެވެ.
މި ދަތުރުތަކުގައި ބެގޭޖް އެލަވަންސްގެ ގޮތުގައި 20 ކިލޯ ލިބޭއިރު ޕްރިމިއަމް އިކޮނޮމީއާއެކު 30 ކިލޯގެ ބެގޭޖް އެލަވަންސް އަދި ލައުންޖް އެކްސެސް ލިބޭނެ ކަމަށް މޯލްޑިވިއަން އިން ބުނެފައިވެ އެވެ.
މި ވަގުތު މޯލްޑިވިއަންގެ ފްލީޓުގައި 26 ބޯޓު އެބައޮތެވެ. އެއީ، އެއާބަސް އޭ330 ބޯޓާއި އޭ320 މަރުކާގެ އެއް ބޯޓާއި ޑޭޝް މަރުކާގެ އަށް ބޯޓާއި އޭޓީއާރުގެ ފަސް ބޯޓާއި ސީ ޕްލޭންގެ 11 ބޯޓެވެ.