އެމްޓީސީސީން މިއަދު ބުނީ، ބޮޑުހިލައިގެ ފުރަތަމަ ބަލްކް ޝިޕްޓްމެންޓް ރާއްޖެ ގެނައީ އިއްޔެ ކަމަށެވެ.
އެމްޓީސީސީން ބުނީ، ރައީސްގެ ވައުުދުފުޅާއި އެއްގޮތަށް، އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުތަކަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ބަލްކް ޝިޕްމެންޓްގައި 56،450 ޓަނުގެ ބޮޑު ހިލަ ރާއްޖެ އެތެރެކުރެވިފައިވާ ކަމަށެވެ.
މި ޝިޕްމެންޓުން ފުރަތަމަ ހިލަ ފޯރުކޮށްދީފައި ވަނީ ބ. މާޅޮހު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަށެވެ. މީގެއިތުރުން، ބ، ރ، އަދި ޅ އަތޮޅުގެ އެހެނިހެން މަޝްރޫޢުތަކަށް ބޭނުންވާ ބޮޑު ހިލައިގެ ޝިޕްމަންޓު ފޮނުވޭނެކަމަށް އެމްޓީސީސީން ބުންޏެވެ.
ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފަ އެވެ. އަދި މިހާރުވެސް އެކުންފުނިން އަންނަނީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ ގިނަ މަސްރޫއުތަކެއްގެ މަސައްކަތް ކުރަމުންނެވެ.