އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އެ އޮފީހުން ވަނީ އަންގައިފައެވެ.
މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރެ ހިމެނޭ ސަރަހައްދަށް ވަރަށް ބާރަށް ވައިޖެހި، ކަނޑުތައް ގަދަވެ، ބޯކޮށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ވައި އިތުރަށް ގަދަވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.
މި ދުވަސްވަރަކީ ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު ކަނޑުމަގުން ދަތުރުކުރާ ދުވަސްވަރަކަށް ވާތީ، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަށްފަހު ދަތުރުތައް ރޭވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ. މީގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ބުންޏެވެ.