ads
މާލޭގެ ދިލްބަހާރު މަގުގައި ވިޔަފާރި ކުރަމުންދާ ބިދޭސީއަކު ޗެކް ކުރަނީ: އެ އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ 31 ބިދޭސީން ހިފަހަށްޓާފައިވޭ
ބިދޭސީ އިންވެސްޓަރުންނަށް ހިއްސާ ދޫކޮށްލަން ސަރުކާރުން ޑެޑްލައިނެއް ދީފި
ރާއްޖޭގައި ބައެއް ވިޔަފާރި ދާއިރާތަކުގައި އިންވެސްޓުކޮށްގެން ތިބި ބިދޭސީން، އެމީހުންގެ ހިއްސާ ދޫކޮށްލުމަށް ސަރުކާރުން ވަކި މުހުލަތުތަކެއް ދީފި އެވެ.
Advertisement

 އިކޮނޮމިކް މިނިސްޓްރީން ގެޒެޓުކޮށް އާންމުކުރި އާ އުސޫލެއްގެ ދަށުން، ކުރިން ހުއްދަ އޮތް ބައެއް ދާއިރާތަކަކީ މިހާރު ބިދޭސީންނަށް އިންވެސްޓުކުރުން މަނާ ދާއިރާތަކެކެވެ. އެހެންކަމުން، އެ ދާއިރާތަކުގައި މިހާރު ހަރަކާތްތެރިވާ ބިދޭސީން އެމީހުންގެ އިންވެސްޓްމަންޓް ދިވެއްސެއްގެ ނަމަށް ބަދަލުކުރުމަށް ނުވަތަ ވިޔަފާރިން މުޅިން ވަކިވުމަށް ވަނީ އަންގާފަ އެވެ.

މި އުސޫލުގައިވާ ގޮތުން، ޖެނެރަލް ސޭލްސް އޭޖެންޓުންނާއި، ކާގޯ އަދި ޕެސެންޖާ ސޭލްސް އޭޖެންޓުންގެ އިތުރުން ހޯލްސޭލް އަދި ރީޓެއިލް ދާއިރާގައި ހަރަކާތްތެރިވާ ބިދޭސީންނަށް އެއް އަހަރު ދުވަހުގެ މުހުލަތެއް ވަނީ ދީފަ އެވެ. ކަނޑު ދަތުރުފަތުރާއި ލޮޖިސްޓިކްސްގެ ހިދުމަތް ދޭ ފަރާތްތަކަށް ދީފައިވާ މުހުލަތު ބިނާވަނީ އިންވެސްޓްމަންޓްގެ މިންވަރަށެވެ. އެގޮތުން، ފަސް މިލިއަން ޑޮލަރު އިންވެސްޓުކޮށްފައިވާނަމަ ތިން އަހަރު، 10 މިލިއަން ޑޮލަރާ ހަމައަށް އިންވެސްޓުކޮށްފައިވާނަމަ ފަސް އަހަރު، އަދި 10 މިލިއަން ޑޮލަރަށްވުރެ ބޮޑު އިންވެސްޓްމަންޓަކަށް ހަތް އަހަރުގެ މުހުލަތު ލިބޭނެ އެވެ. ރިއަލް އެސްޓޭޓް ވިޔަފާރީގައި އުޅޭ ބިދޭސީންނަށް އެމީހުންގެ ހިއްސާ ދޫކޮށްލަން ޖެހޭނީ މަޝްރޫއުގެ އެއްބަސްވުން ހަމަވުމުންނެވެ.

އިންވެސްޓްމަންޓް އަނބުރާ ގެންދިއުމަށް ދީފައިވާ ޓްރާންސިޝަން މުހުލަތު ހޯދުމަށް، އެކަމަށް އެދި ހާއްސަ ފޯމަކުން އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ އެވެ. މި ފޯމާއެކު އިންވެސްޓްމަންޓާ ގުޅޭ ހުރިހާ ތަފްސީލެއް، އޮޑިޓްކޮށްފައިވާ އެކައުންޓްތައް އަދި ޓެކްސް ކްލިއަރެންސް ފަދަ ލިޔުންތައް ހުށަހަޅަންޖެހެ އެވެ. އުސޫލުގައިވާ ގޮތުން، ދީފައިވާ މުހުލަތުގެ ތެރޭގައި މިހާރު ހިންގަމުން އަންނަ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ފުރުސަތެއް ނޯންނާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް