މި ޓްރެއިނިން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ އެޗް އެންޑް އާރް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑާ ގުޅިގެންނެވެ. މިއީ އިމަޖެންސީ ހާލަތްތަކަށް މުވައްޒަފުން އަހުލުވެރިކޮށް، ތައްޔާރުކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
އާރްޑީސީން ބުނީ، މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ކުއްލި ހާދިސާއެއް ދިމާވެއްޖެނަމަ، ފުރާނަ ސަލާމަތްކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި މުހިންމު ހުނަރުތައް މުވައްޒަފުންނަށް ދަސްކޮށްދިނުން ކަމުގައެވެ. އަދި މިއީ މަސައްކަތުގެ މާހައުލަކީ ރައްކާތެރި އަދި ޒިންމާދާރު ތަނެއްކަން ކަށަވަރުކުރުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް ވެސް އާރްޑީސީން ބުންޏެވެ.
މިފަދަ ޓްރެއިނިން ޕްރޮގްރާމްތަކުގެ ސަބަބުން މުވައްޒަފުންގެ މެދުގައި ރައްކާތެރިކަމުގެ ހޭލުންތެރިކަން އިތުރުވެ، ހާދިސާއެއް ދިމާވެއްޖެ ހިނދެއްގައި އެހެން މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލްކަން ލިބިގެންދާނެއެވެ. އާރްޑީސީން ދަނީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީގެން މިފަދަ އިތުރު ޕްރޮގްރާމްތައް ރާވައި ހިންގުމަށް ތައްޔާރުވަމުންނެވެ.