މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން އައްޑޫ ސިޓީ މީދޫ، ރޯޒްވިލާގޭގެ ފުރާޅު އެއްކޮށް ވަޔާ އެއްލާލި ކަމުގެ މައުލޫމާތު މިއަދު ހެނދުނު 09:13 ހާއިރު ލިބިފައިވާ ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ހުޅުމީދޫ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، ގެއަށް ލިބުނު ގެއްލުންތައް ބެލުމަށްފަހު އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން، އެމްއެންޑީއެފްގެ ސިފައިން ވަނީ އެގޭގެ ފުރާޅު ހެދުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވެފައެވެ.