ads
ބިދޭސީން އުޅޭތަނަށް އިމިގްރޭޝަނުން ވަދެ ބަލަނީ
ބަޔޯމެޓްރިކްސް ނުދީފިނަމަ ވަޒީފާ ދިން ފަރާތައްވެސް ފިޔަވަޅު އަޅަނީ
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް މައުލޫމާތު، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ފުރިހަމަނުކުރާނަމަ، އެ މަސައްކަތްތެރިން ޑީޕޯޓް ކުރުމުގެ އިތުރުން، އެމީހުންނަށް ވަޒީފާ ދީފައިވާ ފަރާތްތަކާ މެދުވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް އިމިގްރޭޝަނުން ދީފިއެވެ.
Advertisement

އިމިގްރޭޝަނުން މި އިންޒާރު ދީފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބަޔޯމެޓްރިކްސް ހަމަކުރުމަށް ހޯމް މިނިސްޓްރީން ދީފައިވާ މުހުލަތާ ގުޅިގެންނެވެ.

އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އަދިވެސް ވަޒީފާ ދޭ 3،942 ފަރާތެއްގެ ދަށުން ރާއްޖޭގައި މަސައްކަތްކުރާ 27،773 ބިދޭސީއެއްގެ ބަޔޯމެޓްރިކްސް މައުލޫމާތު ފުރިހަމަކޮށްފައެއް ނުވެއެވެ. އެހެންކަމުން، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ބަޔޯމެޓްރިކްސް ފުރިހަމަކުރުމަށް އިމިގްރޭޝަނުން ވަނީ ވަޒީފާ ދޭ ހުރިހާ ފަރާތްތަކަށް އަންގައިފައެވެ. މި ހިދުމަތް މިހާރު އެންސީއައިޓީ އިމާރާތުގައި ގާއިމްކޮށްފައިވާ ޖޮބް ސެންޓަރުން ލިބެން ހުންނާނެއެވެ.

އިމިގްރޭޝަނުން ބުނީ، ދީފައިވާ މުހުލަތު ހަމަވުމުން ބަޔޯމެޓްރިކްސް ފުރިހަމަ ނުކުރާ ބިދޭސީން ވަގުތުން ޑީޕޯޓްކުރާނެ ކަމަށާއި، އެމީހުން ރާއްޖެ ގެނައުމުގައި ޒިންމާވާ ވަޒީފާ ދޭ ފަރާތްތަކާ މެދު އިމިގްރޭޝަން ގާނޫނުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. މިހާތަނަށް 178،000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާފައިވާއިރު، ސަރުކާރުން އަންނަނީ ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ހަރުދަނާކޮށް ގަވާއިދުގެ ތެރެއަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް