މީގެ ކުރިން ވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވެސް ހާޒިރުކޮށްފައެވެ.
އޭސީސީއަށް ހާޒިރުކުރުމާ ގުޅިގެން އަމީރު ވިދާޅުވީ އޭނާ މިނިސްޓަރުކަމުގައި މަސައްކަތް ކުރެއްވީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ކަމަށާއި، ދައުލަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި އެއްވެސް އަސާސެއް ނެތް ކަންކަމުގައި އޭސީސީ އާއި ޕޮލިހަށް ގެންގޮސް ބިރުދެއްކި ނަމަވެސް ބިރެއް ނުގަންނަ ކަމަށް އަމީރު ވިދާޅުވިއެވެ. އޭނާ ވަނީ އޭސީސީގެ މެމްބަރުން ބޭއިންސާފުން މީހުން ފްރޭމް ކުރުމުގެ މަސައްކަތް ހުއްޓާލުމަށް ވެސް ގޮވާލައްވާފައެވެ.
އަމީރު އޭސީސީއަށް ހާޒިރުކުރި އިރު، އެމްޑީޕީގެ ސަޕޯޓަރުން ވަނީ އެ ކޮމިޝަނުން ހިންގަނީ ސިޔާސީ ތަހުގީގުތަކެއް ކަމަށް ބުނެ އިމާރާތް ބޭރުގައި އިހުތިޖާޖުކޮށްފައެވެ.
ފައްޔާޒް އޭސީސީއަށް ހާޒިރުކުރަން އަންގާފައިވަނީ ސްވިފްޓް އިންޖިނިއަރިންއަށް ބަދަލު ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.