ads
އެމްޑީޕީގެ، ހުޅުމާލެ އުތުރު ދާއިރާގެ ރައީސް ފާތިމަތު ޒަހިއްޔާ (ޒާޔާ)
ފުލުހުން އަތުލި ފޯނުން ޒާޔާގެ ވީޑިއޯތައް ލީކްވި މައްސަލައެއް ފެންމަތިވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި ހުޅުމާލެ އުތުރު ދާއިރާގެ ރައީސް ފާތިމަތު ޒަހިއްޔާ (ޒާޔާ)ގެ ޒާތީ ވީޑިއޯތަކެއް އޭނާގެ ފޯން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނިކޮށް ސޯޝަލް މީޑިއާއަށް ލީކްކޮށްލި މައްސަލައެއް ފެންމަތިވެއްޖެއެވެ.
Advertisement

މިކަން ކަށަވަރުކޮށްދެމުން ޒާޔާ ބުނީ، ނޭނގޭ އެކްސް އެކައުންޓަކުން އޭނާގެ ދެ ވީޑިއޯއެއް ދައުރުކޮށްފައިވާ ކަމަށެވެ. އެ ވީޑިއޯތައް ލީކްވީ ފުލުހުން އޭނާގެ ފޯން އަތުލުމަށްފަހު ކަމަށް ވުމުން، އެކަމާ ގުޅިގެން އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިކަމާ ގުޅިގެން ޒާޔާ ބުނެފައިވަނީ ލީކްވި ވީޑިއޯތައް ހުރީ ހަމައެކަނި ފުލުހުން އަތުލި ފޯނުގައި ކަމަށާއި، އިތުރު އެއްވެސް މީހެއްގެ އަތުގައި އެ ވީޑިއޯތައް ނުހުންނާނެ ކަމަށެވެ. އަދި ފޯނުގައި ހަމައެކަނި އޭނާގެ ޒާތީ މައުލޫމާތު ނޫން ކަމަށާއި، އާއިލާގެ މެންބަރުންނާއި ރައްޓެހިންގެ ފޮޓޯތައް ވެސް ހުރިކަން އޭނާ ފާހަގަކުރިއެވެ. ފުލުހުންނަށް އިންޒާރު ދިން ކަމަށް ބުނާ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ޒާޔާގެ ފޯން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ފޯނަކުން ޒާތީ މައުލޫމާތު ލީކްވި ކަމަށް ތުހުމަތުކުރި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. ކުރިން، އެމްޑީޕީގެ އެހެން މެންބަރެއް ކަމަށްވާ އައިޝަތު ޝިމަން އަހުމަދުގެ ފޯން ވެސް ފުލުހުން އަތުލިތާ 24 ގަޑިއިރު ނުވަނީސް އޭނާގެ ޒާތީ ފޮޓޯތަކެއް ލީކްވި ކަމުގެ ތުހުމަތުތަކެއް ވަނީ ކޮށްފައެވެ.

ނަމަވެސް އެ ތުހުމަތުތައް ދޮގުކޮށް ފުލުހުން ބުނީ، ބެލުމުގެ ދަށަށް ގެނެވޭ ޑިޖިޓަލް ވަސީލަތްތައް ބެލެހެއްޓުމުގައި އިންޓަނޭޝަނަލް މިންގަނޑުތަކަށް ފެތޭ އުސޫލުތަކެއް ގެންގުޅޭ ކަމަށާއި، ފުލުހުންގެ ބެލުމުގެ ދަށުން އެއްވެސް މައުލޫމާތެއް ލީކްވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.

80%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް