ads
ރަސްމީ ދަތުރުފުޅެއްގައި ރައީސް ށ. އަތޮޅަށް ފުރާވަޑައިގަންނަވައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ށ އަތޮޅުގެ މީހުންދިރިއުޅޭ ރަށްތަކަށް ކުރައްވާ 4 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވައިފި އެވެ.
Advertisement

ރައީސްގެ މި ދަތުރުފުޅުގައި، ށ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ. މީގެއިތުރުން ރައީސްގެ މި ދަތުތުފުޅުގައި، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެ އެވެ.

މި ދަތުރުފުޅުގެ އެންމެ ފުރަތަމަ މަންޒިލަކަށް ރައީސް ވަޑައިގަންނަވާނީ ށ. ނޫމަރާ އަށެވެ. އެއަށްފަހު މިއަދު ދެން ވަޑައިގަންނަވާނީ، ކަނޑިތީމް، ގޮއިދޫ އަދި ބިލެތްފަހިއަށެވެ.

ރައީސްގެ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.‎ 

މި ދަތުރުފުޅުގައި ރައީސް އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް