މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރައްވާފަވަނީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ދުނިޔެއިން ކުރާ މަސައްކަތްތަކުގައި ރާއްޖޭގެ ދައުރު ފުޅާކުރުމާ ގުޅޭގޮތުންނެެއެވެ.
ކޮޕް ސަމިޓް މިއަހަރު އޮންނަނީ ބްރެޒިލްގައި، އަންނަ މަހުގެ 10އިން 21 އަށެވެ. ކޮޕް ސަމިޓަކީ ތިމާވެށީގެ ދާއިރާއިން ބައިނަލްއަޤްވަމީގޮތުން ބާއްވާ އެންމެ ބޮޑު ބައްދަލުވުމެވެ. އަދި މިއީ ރާއްޖެއިންވެސް ވަރަށް އިސްކަންދޭ ސަމިޓެކެވެ.
ބްރިޓިޝް ހައި ކޮމިޝަނަރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވަނީ މޫސުމީ ބަދަލުތަކާ ގުޅޭގޮތުންނާއި ދެ ޤައުމު ގުޅިގެން ކުރައްވަމުންދާ މަސައްކަތްތަކާއި އަދި ދިވެހިރާއްޖެއަށް މުހިންމު ކަންތައްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރައްވާފަ އެވެ.
އެގޮތުން ކޮޕް-30ގެ ސަމިޓަށްޓަކައި ކުރަންޖެހޭ ތައްޔާރީތަކާއި، މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށްޓަކައި ބައިނަލްއަގްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތުކަމުގެ މައްޗަށް އަލިއަޅުވާލައްވަފަ ވެއެވެ.
އަދި، އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާއި ދެމެދު މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ދެމެހެއްޓުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫއުތަކާގުޅޭގޮތުން ހިޔާލު ބަދަލުކުރައްވާފައި ވެއެވެ.
މި ބައްދަލުވުމަކީ، މޫސުމީ ބަދަލުތަކާ ދެކޮޅަށް ދުނިޔެއިން ކުރާ މަސައްކަތްތަކުގައި ދިވެހިރާއްޖޭގެ ދައުރު ފުޅާކުރުމަށާއި، އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ކުރެވުނު މުހިންމު މަޝްވަރާތަކެކެވެ.
މި މަޝްވަރާތަކުން ދައްކުވައިދެނީ، ދެ ގައުމުން ވެސް ތިމާވެށީގެ ދާއިރާއަށް ދެމުންދާ ސަމާލުކަމާއި، ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި ގުޅިގެން މަސައްކަތްކުރުމަށް ދެމުންދާ އިސްކަންކަމަށް ޓުއަރިޒަމް މިނިސްޓަރީން ވަނީ ބުނެފައި އެވެ.