ނަމަވެސް، އެމީހުންނަށް ފެންނަނީ ވީރާނާވެފައިވާ ސިޓީއެކެވެ. ގިނަ ބައެއްގެ ގެދޮރު ގެއްލި، ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާއިރު، އާއިލާގެ އެތައް ބަޔަކު ވަނީ ގެއްލިފައެވެ.
މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓްރަމްޕް ވަނީ ހާއްސަ ޕްލޭނެއް އިއުލާންކުރައްވާފައެވެ. އަދި އެކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެމަނިކުފާނު ވަރަށް އަވަހަށް ސަރަހައްދަށް ވަޑައިގަންނަވާނެއެވެ. މި ޕްލޭނާ މެދު ބައެއް ފަރާތްތަކުން އުންމީދުކުރި ނަމަވެސް، މި އެއްބަސްވުމުގެ ދެމެހެއްޓުމާ މެދު އަދިވެސް ސުވާލުތައް ބައެއް މީހުން އަންނަނީ އުފައްދަމުންނެވެ.