އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޗައިނާގެ އެންމެހާ މުދަލުން 100 ޕަސަންޓުގެ ޓެރިފެއް ނެގުމަށް ދެއްވާފައިވާ އިންޒާރުން ފަހަތަށް ޖެހިވަޑައިގެންފާނެ ކަމަށް އެމެރިކާގެ ސަރުކާރުން ބުނެފިއެވެ. މިކަމުގެ ސަބަބެއް ކަމަށް ބުނެފައިވަނީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ އެއްބަސްވުންތައް އަދިވެސް ކުރިއަށް ދާތީއެވެ.
އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ވިދާޅުވި ގޮތުގައި، ދެ ގައުމުގެ ދެމެދުގައި ވެފައިވާ ވިޔަފާރީގެ އެއްބަސްވުންތަކާ ގުޅިގެން ތައް ކުރިއަށްދާ ކަމަށާއި، މި އެއްބަސްވުން ތަކުގެ ނަތީޖާއަށް ބަލައި ޓެރިފްގެ ނިންމުން ބަދަލުކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ޓްރަމްޕް މީގެ ކުރިން ވަނީ ޗައިނާއާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
މި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ހަމަނުޖެހުންތައް ބޮޑުވެފައިވީ ނަމަވެސް، ރައީސް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށް އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ވަނީ ކަށަވަރުކޮށްދީފައެވެ.