ads
ފޮރިން މިނިސްޓްރީ
ލަންކާއަށް ދަތުރުކުރާއިރު އީޓީއޭ ފުރަން އެދިއްޖެ
މާދަމާއިން ފެށިގެން ސްރީލަންކާއަށް ދަތުރުކުރާ ފަސިންޖަރުން އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީޓީއޭ) ފުރަންޖެހޭނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
Advertisement

މި ފޯމް ފުރަން ޖެހުނު ނަމަވެސް ދިވެހިންނަށް ލަންކާ އާއި އިންޑިއާއިން ވިސާ ދޭން އޮންނަ އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް މީގެ ސަބަބުން އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެ އެވެ. 

  • ސްރީލަންކާއަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ ކަންތައް:

ސްރީލަންކާގެ އިމިގްރޭޝަން އުސޫލުތަކަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން، ސްރީލަންކާއަށް ދަތުރުކުރާ ކޮންމެ ފަސިންޖަރަކުވެސް އެގައުމަށް އެތެރެވުމުގެ ކުރިން "އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (ETA)" އެއް ހޯދަންޖެހޭނެ އެވެ.

މި އުސޫލުގެ ދަށުން، ސްރީލަންކާއަށް ދަތުރުކުރާ ފަރާތްތަކުން ފުރުމުގެ 48 ގަޑިއިރާއި 24 ގަޑިއިރާ ދެމެދު، https://eta.gov.lk/slvisa މި ލިންކް މެދުވެރިކޮށް އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން ފޯމް ފުރިހަމަކުރަންޖެހެ އެވެ. އަދި މިއީ ސްރީލަންކާއިން ދިވެހިންނަށް ވިސާ ދިނުމަށް ހަމަޖެހިފައިވާ އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް އައި ބަދަލެއް ނޫންކަމަށްވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން، އިންޑިއާއަށް ދަތުރުކުރާ ދިވެހީން، "އީ-އެރައިވަލް ކާޑު" ފުރިހަމަކުރުމަށް ވެސް ދިވެހި ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެހެންވެ، ފޮރިން މިނިސްޓްރީން ވަނީ އިންޑިއާއަށް ދަތުރުކުރާ ކޮންމެ މީހަކު ވެސް ފުރުމުގެ ކުރިން، 72 ގަޑިއިރުތެރޭގައި އީ-އެރައިވަލް ކާޑު ފޯމް ފުރިހަމަކުރަން އިލްތިމާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް