ads
ކޮމަންޑޫ ބިން ހިއްކުމާއި އެއާޕޯޓު ތަރައްގީކޮށް އޮޕަރޭޓް ކުރުމަށް އެމްއޭސީއެލް އާ މިއަދު ހަވާލު ކުރަނީ. - ފޮޓޯ: ރައީސް އޮފީސް
ކޮަމަންޑޫގެ ބިންހިއްކުމާއި އެއާޕޯޓް ތަރައްގީކޮށް އޮޕަރޭޓް ކުރަން އެމްއޭސީއެލްއަށް
މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ބިންހިއްކައި އެއާޕޯޓް ތަރައްޤީކޮށް އޮޕަރޭޓްކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލާ ހަވާލުކޮށްފި އެވެ.
Advertisement

އެއާޕޯޓު އެޅުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ.

އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު ޒަމީރެވެ.

ކޮމަންޑޫ ކައިރީގައި އެއާޕޯޓެއް އެޅުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ވެސް ހިންގަން އުޅުނު މަޝްރޫއެކެވެ. އެކަމަކު، އެ މަޝްރޫއުގެ އަމަލީ މަސައްކަތް އޭރު ފެށިފައެއް ނުވެ އެވެ.

ށ. އަތޮޅުގައި މިހާރު އެއާޕޯޓް އޮންނަނީ ހަމައެކަނި ފުނަދޫގަ އެވެ. ރައީސްގެ ވައުދުފުޅާ އެއްގޮތަށް ބިލެތްފައްސާއި ކޮމަންޑޫ އެއާޕޯޓުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު، ރައީސް ވަނީ އެ އަތޮޅު މިލަންދޫގައި ވެސް އެއާޕޯޓެއް އަޅާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިލަދުންމަދުލު އުތުރުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅުގެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ގިނަ މަޝްރޫއުތަކެއް އަންނަނީ އެކި ކުންފުނިތަކާ ހަވާލުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް