ފުލުހުންގެ އިދާރާގެ ދަށުން ހިންގާ ކުންފުނި، ޕޮލްކޯއާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީން މައްސަލަ ބެލި ސަބް ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، ސޯސް އޮފް އިންކަމް [އާމްދަނީ ލިބުނު ގޮތް] ނޭނގޭ ގޮތަށް 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު ދާއޫދުގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ފާހަގަކުރެއްވޭ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދާއޫދަށް ކުރެވިފައިވާ ތުހުމަތުތަކާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވަނީސް އޭނާވަނީ ޗުއްޓީއެއް ނަންގަވާފައެވެ. އަދި އޭނާ ޗުއްޓީ ނެގުމުން އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރައްވާނީ މިއަދުން ފެށިގެން، އަހުމަދު މުހައްމަދެވެ. އަހުމަދު މުހައްމަދަކީ ޕޮލިސް ބޯޑުން 2021 ވަނަ އަހަރު ނިންމި ނިންމުމަކާ ގުޅިގެން ވަޒީފާއިން ވަކިކޮށް އެކަމަކު ދާދި ފަހުން ފުލުހުންގެ ވަޒީފާ އަނބުރާ ދިން ބޭފުޅެކެވެ.