މިލަންދޫގައި 50 ހައުސިން ޔުނިޓް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާ ހަވާލުކޮށްގެނެވެ.
އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ.
އެ ރަށުގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަށަން ތައްޔާރު ވެފައިވާއިރު މިދިޔަ ސަރުކާރުން 2022 ގައި އަޅަން ފެށި 50 ޔުނިޓްގެ މަސައްކަތް ވެސް އެބަ ކުރިއަށްދެ އެވެ.
މާލެ ސަރަހައްދުގެ އިތުރުން ރަށްރަށުގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިލަދުންމަދުލު އުތުރުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅުގެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ގިނަ މަޝްރޫއުތަކެއް އަންނަނީ އެކި ކުންފުނިތަކާ ހަވާލުކުރަމުންނެވެ.