ads
ނ.ލަންދޫ ފިހާރައެއް ފަޅާލައި ވަގަށް ނަގާފައިވާ ތަކެތި--- ފޮޓޯ: ފުލުހުން
ނ. ލަންދޫ ފިހާރައަކުން ވަގަށް ނަގާފައިވާ ބައެއް ތަކެތި ހޯދައިފި
ނ.ލަންދޫ ފިހާރައެއް ފަޅާލައި ވަގަށް ނަގާފައިވާ ބައެއް ތަކެތި ފުލުހުން ހޯދައިފިއެވެ.
ނ.ލަންދޫ ފިހާރައެއް ފަޅާލައި ވަގަށް ނަގާފައިވާ ބައެއް ތަކެތި ފުލުހުން ހޯދައިފި އެވެ.

ނ.ލަންދޫ ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ފިހާރައަށްވަދެ އެފިހާރައިން ގިނަ އަދަދެއްގެ ފައިސާ އާއި ސިނގިރޭޓް ކާޓުންތަކެއް ވަގަށް ނަގާފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ 17 ވަނަ ދުވަހު 06:40 އެހާކަންހާއިރުގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުންނަށް ހުށަހެޅުނު މިމައްސަލައާ ގުޅިގެން ލަންދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ކުރި މަސައްކަތުން މި މަހުގެ 17 ވަނަ ދުވަހު އެރަށުގެ ވަލުތެރެ ބަލައިފާސްކުރިއިރު، ވަލުތެރޭގައި ފޮރުވާފައި ހުރި އެގާރަ ހާސް ހަސަތޭކަ ރުފިޔާ އާއި ތިން ކާޓޫން ސިނގިރޭޓާއި 13 ސިނގިރޭޓް ފޮށި ފެނިފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.

އަދި މި މަހުގެ 18 ވަނަ ދުވަހުގެ 11:47 ހާއިރު އެރަށު މާބަދިގޭ ސަރަޙައްދު ބަލައިފާސްކުރިއިރު އެފިހާރައިން ވަގަށް ނަގާފައިވާ ތިޖޫރީ ހަލާކުކޮށްލާފައި އެއްލާލާފައި އޮއްވާ ފެނިފައިވެ އެވެ.

މިމައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި މިމައްސަލަ ލަންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުން ނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް