ލީގު މެދު ކަނޑާލިއިރު، ޕީއެސްޖީ އެއްވަނައިގަ އޮތީ ފަސްދޮޅާސް އަށް ޕޮއިންޓާއި އެކުއެވެ. ލީގުގެ ދެވަނަ މަގާމުގައި އޮތް މާސޭއަށް ލިބިފައިވަނީ ފަންސާސް ހަ ޕޮއިންޓެވެ. އަދި ތިންވަނަ މަގާމުގައި އޮތީ ރެނެސްއެވެ.
ކޮރޯނާއާއި ގުޅިގެން ފްރާންސްގެ ލީގު އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައެޅި އިރު، ހޮލެންޑުންވެސްވަނީ އެ ގައުމުގެ ލީގުވެސް ކެންސަލްކޮށްފައެވެ. ޔޫރަޕުގެ އެހެން ބައެއް ގައުމުތަކުން ލީގާއި މެދު އަދި ވަކިގޮތެއް ނިންމާފައި ނުވާއިރު، މެއި މަހުގެ ފަންސަވީހުގެ ކުރިން ކޮންމެވެސް ގޮތަކަށް ނިންމައި ޔުއެފާއަށް އަންގަން ޔުއެފާއިންވަނީ އިރުޝާދުދީފައެވެ.