މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ށ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރަމުން އަންނަ ދަތުރުގެ ތެރެއިން ށ.ފުނަދޫ އަށް އިއްޔެ ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޑސޕ (ރޓޑ) އަހުމަދު ސައުދީ އަދި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ގާސިމް އެވެ.
މި ރަސްމީޔާތުގައި ރައީސް ޑރ.މުއިއްޒުގެ އިތުރުން ކެބިނެޓް މިނިސްޓަރުން، ރައްޔިތުން މަޖިލީހުގެ މެމްބަރުން، ފުނަދޫ ކައުންސިލްގެ މެމްބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެ އެވެ.
މި އިމާރާތުގެ އަޅާ ނިމުމުން 2800 މީހުންގެ އާބާދީއެއް އޮންނަ ފުނަދޫގެ ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުވެ އިޖްތިމާއީ ގޮތުން ރަށަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.
މި އިމާރާތުގައި 50 މީހުންގެ ޖާގައިގެ 4 ފަންގިފިލާގެ އިމާރާތެއް ބިނާ ކުރެވޭނެ ކަމަށާއި އެހެންނިހެން ހިދުމަތްތައް ދިނުމަށް 1 ފަންގިގިލާގެ އިމާރާތެއް އެޅިގެން ދާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ.
780 ދުވަސްތެރޭގައި ނިންމަން ހަވާލުކުރި މި މަޝްރޫއުއަށް 185.45 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.