އެމްއެންޑީއެފްއިން ބުނީ، މާލެއިން ޅ. ނައިފަރަށް ދަތުރުކުރަމުންދިޔަ "ނަސްރު" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ދިޔަވާތީ އެމްއެންޑީއެފް ނޮދަން އޭރީއާ ކޮމާންޑް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވި ކަމަށެވެ.
އެގޮތުން ނަސްރު ބޯޓުން ދަތުރުކުރި ފަސް ފަޅުވެރިއަކު ސަލާމަތްކޮށް ކޯސްޓްގާޑް ހާބަރ ކްރާފްޓަށް ނަގާފައިވާކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރަކަށް ވުމުން ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފަ އެވެ
ރޭގައި އެމްޑީއެފް އިން ވަނީ ލޭންޑިން ކްރާޕްޓެއް ބަނޑުން ޖަހާލާ 3 މީހުން ގެއްލިގެން ހޯދަން ފަށާއިފަ އެވެ
އެމްއެންޑީއެފުން ބުނީ ބަންޑުން ޖަހާލާފައިވަނީ "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ ލޭންޑިން ކްރާފްޓެއްކަމަށެވެ.
މި ލޭންޑިން ކްރާޕްޓް ބަންޑުން ޖަހާލީ މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރަމުން ދަނިކޮށްކަމަށާއި މި އުޅަނދުގައި 7 މީހުން ދަތުރުކުރިކަމަށް މައުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުންކަމަށާއ މިހާތަނަށް މި އުޅަނދުން ދަތުރުކުރި 4 މީހަކު ސަލާމަތްކުރެއްވިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ގެއްލުން 3 މީހުންގެ ތެރެއިން މިހާތަނަށް 1 އެކަކު ނިޔާވެފައި އޮއްވާ ފެނިފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެ އެވެ.
ފުލުހުން މިކަމާއި ގުޅިގެން ވިދާޅުވީ "އަލްމާކް ފިޔަ" ނަމަކަށް ކިޔާ އެ އުޅަނދު ބަންޑުން ޖަހާލި ހާދިސާގައި މަރުވީ ގއ.ދާންދޫ، ސަރުސޫނުގެ، އަހުމަދު ޝިފާން، 38، ކަމަށެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށެވެ.
ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އޭގައި ތިބި ހަތް މީހުންގެ ތެރެއިން، ޝިފާން ހިމެނޭ ގޮތުން ތިން މީހަކު ގެއްލުނެވެ.
މަރުވެފައި އޮއްވާ ޝިފާން ފެނުނުއިރު ގެއްލުނު އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް ސިފައިންނާ ފުލުހުން ގުޅިގެން ގެންދަނީ ކުރަމުންނެވެ.
ފުލުހުން ބުނިގޮތުގައި ގެއްލިގެން ހޯދަމުންދަނީ ސްރީލަންކާގެ މީހަކާއި އިންޑިއާގެ މީހެކެވެ.
މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ. މޫސުން ގޯސް ދުވަސްވަރަށް ކަނޑު ދަތުރު ކުރާ މީހުން ސަމާލުކަން ދިނުމަށް އަބަދު ވެސް މެޓު އޮފީހުން އިލްތިމާސްކުރެއެވެ.