ads
އުރީދޫން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ ބައެއް އިސްވެރިން ބައިވެރިވަނީ: ދިވެހި ވިޔަފާރިތަކަށް އުރީދޫން ވަނީ ގޫގުލް ވޯކްސްޕޭސް ތައާރަފް ކޮށްފައި ---
އުރީދޫން ވިޔަފާރިތަކަށް ގޫގުލް ވޯކްސްޕޭސް ތައާރަފްކޮށްފި
އުރީދޫ މޯލްޑިވްސްއިން ގޫގްލް ވޯކްސްޕޭސްއާ އެކު ޕާޓްނާޝިޕެއްގައި ސޮއިކޮށްފި އެވެ.
Advertisement

އެ ޕާޓްނާޝިޕް އިއުލާނުކުރަން އުރީދޫ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދް އަލް ހަމާދީ ވިދާޅުވީ ގޫގުލް ވޯކްސްޕޭސް ޕްލެޓްފޯމަކީ ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ފައިދާތަކެއް ލިބި އަދި ވިޔަފާރިތައް ޑިޖިޓަލީ ބާރުވެރިވެ، ޑިޖިޓަލް އިކޮނޮމީއެއް ބިނާކުރުމަށް ލިބޭ ފުރުސަތެއް ކަމަށާއި އެ ޕާޓްނާޝިޕާއެކު ވިޔަފާރިތަކަށް ބޭނުންވާނެ ގިނަ ޓޫލްތަކެއް ހެޔޮއަގުގައި ލިބޭނެ ކަމަށާއި އެއީ ގިނަ ވަސީލަތްތަކެއް ލިބޭނެ ޕްލެޓްފޯމެއް ކަމުގަ އެވެ.

ގޫގުލް ވޯކްސްޕޭސް އަކީ ވިޔަފާރިތަކަށް ހާއްސަ ކަސްޓަމް އީމެއިލް އެޑްރެހާއި އިތުރު ސްޓޯރޭޖާއި ގިނަ ބިޒްނަސް ޓޫލްތައް ހިމެނޭ ޕްލެޓްފޯމެކެވެ.

އެ ޕްލެޓްފޯމާއެކު އުރީދޫން ތައާރަފްކުރި ޕާޓްނާޝިޕްގެ ދަށުން ވިޔަފާރިތަކަށް ހެޔޮ އަގެއްގައި ސަބްސްކްރިޕްޝަން ލިބޭނެ އެވެ.

your imageމިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދް އަލް ހަމާދީ ވާހަކަ ދައްކަވަނީ 

އަދި ވިޔަފާރީގެ ބޭނުންތަކަށް ކަސްޓަމްކޮށް، ވަކި ޕެކޭޖެއްގެ ދަށުން ހެޔޮއަގުގައި ވިޔަފާރިތަކަށް ބޭނުންވާ ޓޫލްތައް ލިބޭނެ އެވެ.

އަދި އުރީދޫ މެދުވެރިކޮށް ގޫގުލް ވޯކްސްޕޭސް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށް ޓެކްނިކަލް ސަޕޯޓް އުރީދޫން ފޯރުކޮށް ދޭނެ އެވެ.

އުރީދޫން ދަނީ އެފަދަ އެކި ޕްލެޓްފޯމުތައް ވިޔަފާރިތަކަށް ހާއްސަކޮށް ތައާރަފް ކުރަމުންނެވެ. އެގޮތުން އުރީދޫން މައިކްރޮސޮފްޓް ވޯކްސްޕޭސް ސޮލިއުޝަން ވެސް ވިޔަފާރިތަކަށް ވަނީ ތައާރަފްކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް