އެމްއެންޑީއެފުން މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައި ބުނީ، މާލެއިން ފުރައިގެން ނައިފަރަށް ދަތުރުކުރި "ނަސްރު" ބޯޓު ދިޔަވެ، އަޑިއަށް ގޮސްފައިވާ ކަމަށެވެ. އެކަމަކު، ބޯޓުން ދަތުރުކުރި މީހުން ވަނީ ސަލާމަތްކޮށްފަ އެވެ.
އެމްއެންޑީއެފުން ބުނީ، ބޯޓުން ދަތުރުކުރި ފަސް ފަޅުވެރިން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ އެހީތެރިކަމާ އެކު ނައިފަރަށް ގެންގޮސްދީފައިވާ ކަމަށެވެ.
އެ ބޯޓު އަޑިއަށްދިޔައިރު، ހާދިސާއާ ގުޅޭ މާ ގިނަ ތަފުސީލެއް ސިފައިން ނުދެ އެވެ.
މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ. އަދި، ކަނޑުތައް ގަދަވުމުގެ ސަބަބުން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރަން ސިފައިންނާއި ފުލުހުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.