ads
ހަނިމާދޫން ހައްޔަރުކުރި މީހާ: ފުޅާ ދާއިރާއެއްގައި ޑުރަގު ވިޔަފާރި ކުރުމުގެ ތުހުމަތަށް އޭނާ ވަނީ ހައްޔަރުކޮށްފައި - ފޮޓޯ/ ފުލުހުން
ފުޅާ ދާއިރާއެއްގައި ޑުރަގު ވިޔަފާރި ކުރުމުގެ ތުހުމަތަށް، ހަނިމާދޫން މީހަކު ހައްޔަރުކޮށްފި
ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު ހދ. ހަނިމާދުއިން ހައްޔަރުކޮށްފި އެވެ.
Advertisement

ފުލުހުން ބުނީ، ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހަނިމާދޫގައި އޮޕަރޭޝަނެއް ހިންގި ކަމަށެވެ.

އެ އޮޕަރޭޝަނުގައި، މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

އެ އޮޕަރޭޝަނުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ހދ. ހަނިމާދޫ ޑޯން ޝައިން އަހުމަދު އަޒުމީ (40އ)އެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިއިރު އޭނާ ހުރި ތަނުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 6 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި، އެތަކެތީގެ ވަގުތީ ބަރުދަނުގައި 8.2 ގުރާމް ހުރިކަމަށްވެސް ފުލުހުން ބުންޏެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދުގެ މުއްދަތު 5 ދުވަހަށް އިތުރުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް