ads
ބޮޑުތަކުރުފާނު މަގުޝީޓު ޕައިލްކުރުން
ބޮޑުތަކުރުފާނުމަގުގެ ފެން ހިންދާ ނިޒާމު މި ހަފްތާގައި ނިމޭނެ: އެމްޓީސީސީ
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން ފެން ހިންދާ ނިޒާމުގެ މަސައްކަތް މި ހަފްތާގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެމްޓީސީސީން ބުނެފި އެވެ.
Advertisement

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ކުރިއަށްގެންދަނީ ފަސް ސެގްމަންޓަކަށް ބަހާލައިގެންނެވެ

އޭގެތެރެއިން ފުރަތަމަ ސެގްމަންޓްގައި ކުރިއަށްގެންދަނީ ލޯކަލް މާރުކޭޓުން ފެށިގެން، ރަސްމީ ފާލަމާ ހައަށް ހިމެނޭ ސަރަޙައްދު ތަރައްގީކުރުމުގެ މަސައްކަތެވެ.

"ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ފެން ހިންދާ ނިޒާމުގެ މަސައްކަތްތަކާއި ހޮޅި އެޅުމުގެ މަސައްކަތުގެ %50 ނިމިފައިވޭ މީގެ އިތުރުން ކެރިޖްވޭގެ ސަބްގްރޭޑް މަސައްކަތްތަކާއި ސައިޑްވޯކްތައް ކޮމްޕެކްޓް ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާއިރު، ކޭބަލް ޓްރެންޗް އިންސްޓޯލް ކުރުމުގެ %50 ނިންމާފައިވޭ މި މަސައްކަތުގެ ދަށުން ބަނދަރުގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައް މިހާރު ވަނީ ނިންމާލާފަ" އެމްޓީސީސީން ބުނި އެވެ

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން މަސްމާރުކޭޓާ ހަމައަށް ޖުމްލަ 830 މީޓަރުގެ ސަރަހައްދެއް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްވަނީ ހަމަޖެހިފަ އެވެ.

އަދި 737 މީޓަރުގެ އެއްގަމު ތޮށީގެ މަސައްކަތްވެސް ކުރުމަށްވަނީ ހަމަޖެހިފަ އެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީކުރަނީ ދުއްވާ މީހުންނަށް 4 ލޭނާއި ހިނގާ މީހުންނަށް ހާއްސަ ސަރަހައްދެއް ހިމެނޭގޮތަށެވެ.

ފުރަތަމަ ސެގްމަންޓްގައި މަގު ފުޅާކުރުމަށް ބައެއް ވަނީ ހިއްކާފަ އެވެ. މިމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް